ވިޔަފާރި

ނައިފަރު "ލޫލޭ" ފިހާރަ - ގްރީން ފާމަރ ގެ އެކްސްކްލޫސިވް ޑިސްޓްރިބިއުޓާ އަކަށް

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

ދިވެހިންގެ ތެރޭގައި މަޤްބޫލްކަން ހޯދަމުން އަންނަ ގަހުގެ ވިޔަފާރި އާއި ދަނޑުވެރިކަމުގެ ތަފާތު ބާވަތްތައް ވިއްކާ ފަރާތެއްކަމުގައިވާ  ނައިފަރު "ލޫލޭ" ފިހާރަ، ގްރީން ފާމަރ ގެ ނައިފަރު އަދި ޅ.އަތޮޅުގެ އެކްސްކްލޫސިވް ޑިސްޓްރިބިއުޓާއަކަށް ހަމަޖެހިއްޖެއެވެ.

Ads by STELCO

މިގޮތަށް ހަމަޖެހުމުން ގްރީން ފާމަރ އިން ވިއްކާ ގަސްކާނާއާއި ތަފާތު ބާވަތްތަކުގެ ގަސްއިންދާ ވެއްޔާއި ގަހަށް ޖަހާ އެކިބާވަތުގެ ބޭހާއި، ތަރުކާރީ އާއި މޭވާ އަދި މާގަސް ހައްދާ އޮށް ޕެކެޓާއި އަދިވެސް ދަނޑުވެރިކަމާގުޅޭ ގިނަ ސާމާނުތައް ގަނޑުކޮންނާއި ވަކިވަކިން ގަންނަން ނައިފަރުންނާއި އަދި ޅ.އަތޮޅުން ހަމައެކަނި ލިބެން ހުންނާނީ ލޫލޭ ފިހާރައިންނެވެ.

މިއީ މުޅި އަތޮޅުގައިވެސް ދަނޑުވެރިކަމުގެ މަސައްކަތާއި ދަނޑުވެރިކަމުގެ ވިޔަފާރީގައި ޙަރަކާތްތެރިވާ ފަރާތްތަކަށް ލިބިގެންދާނޭ ވަރަށް ބޮޑު ފަސޭހައެކެވެ.

އަތޮޅުތެރޭގެ ފިހާރައެއް މެދުވެރިކޮށް މިފަދަ ޚިދުމަތެއް ލިބިގެން ދިއުމަކީ ގަސް ހެއްދުމަށް ލޯބިކުރައްވާ ފަރާތްތަކާއި ދަނޑުވެރިކަން ކުރައްވާ ފަރާތްތަކުގެ އުއްމީދުތައް ހާސިލްވެގެންދާނޭ ކަމެކެވެ.

ލޫލޭ ފިހާރައަކީ ނައިފަރުގައި 2020 އަހަރުގެ އޮގަސްޓް މަހު ހުޅުވުނު، ގޭތެރޭގައާއި ބޭރުގައި ހައްދާ ތަފާތު ބާވަތުގެ ގަހާއި، ދަނޑުވެރިކަމުގެ ސާމާނު ވިއްކުމަށް ޚާއްޞަ، އަދި ތާޒާކަންމަތީ އެކި ބާވަތުގެ މާމެލާމެލީގެ ވިޔަފާރީ އާއި އެކިއެކި މުނާސަބަތާއި ގުޅޭގޮތުން ތައްޔާރު ކުރެވޭ ބޮކޭ ފަދަތަކެތި ހެދުމުގައި އާންމުންގެ މަޤްބޫލްކަން ވަރަށް ބޮޑަށް ހޯދަމުން އަންނަ ފަރާތެކެވެ.

މިފިހާރައަކީ ގަހާއި ދަނޑުވެރިކަމުގެ ސާމާނު ވިއްކުމަށް ޚާއްޞަކޮށްގެން ނައިފަރުގައި ހުޅުވުނު ފުރަތަމަ ފިހާރައެވެ. އޯޑަރު ދިނުމުން ޅ.އަތޮޅުގެ ހުރިހައި ރަށަކަށް ހިލޭ ޑެލިވަރީ ކޮށްދިނުމުގެ ޚިދުމަތްވެސް ލޫލޭ ފިހާއިން ދެއެވެ. އަދި އީ-ޓުކުރި މެދުވެރިކޮށް އޮންލައިންކޮށް ވިޔަފާރި ކޮށްލުމުން ލޫލޭގައި ވިއްކާ ޕްރޮޑަކްޓްތައް ރާއްޖޭގެ ކޮންމެ ހިސާބަކަށްވެސް ޑެލިވަރީކޮށްދެވޭނެ ކަމަށް އެފިހާރައިން ބުނެއެވެ.

އީ-ޓުކުރި

ގްރީން ފާމަރ އަކީ 2015 ވަނަ އަހަރުގެ އެޕްރީލް މަހު ހުޅުވުނު، ފުޅާ ދާއިރާއެއްގައި ދަނޑުވެރިކަމުގެ ސާމާނު ވިއްކަމުން އަންނަ އާންމުންގެ މެދުގައި މަޝްހޫރު ފިހާރެއެކެވެ.

މިގޮތުން ދިވެހީންގެ މެދުގައި މަޤްބޫލުކަން ހޯދައިފައިވާ މެލޭޝިއާގެ ބާބާ ބްރޭންޑްގެ އޮތޮރައިޒްޑް ޑިސްޓްރިބިއުޓާއަކީވެސް ގްރީން ފާމަރ އެވެ.

މީގެއިތުރުން އިނގިރޭސިވިލާތުގެ ގްރޯމޯ އާއި ޑައު ކްރޮޕް ބްރޭންޑާއި ސްޕެއިންގެ ހެފެފޯލް ބްރޭންޑާއި ގޯޑެސް ބްރޭންޑުގެ ސީޑްސް އާއި ބާސެލޯނާ ބްރޭންޑު  ސީޑްސްގެވެސް އޮތަރައިޒްޑް ޑިސްޓްރިބިއުޓާއަކީ ގްރީން ފާރމާއެވެ. ގްރޯމޯ އަކީ އެމޭޒަންގެ އެންމެ ހައި ރޭޓިންގައި އުޅޭ ބްރޭންޑެކެވެ. ގްރީން ފާމަރ ގެ މަގުސަދަކީ ދުނިޔެއަށް ނަންމަސްހޫރު ބުރޭންޑްތަށް ވީހާވެސް ހެޔޮއަގުގައި ކަސްޓަމަރުންނާއި ހަމައަށް ފޯރުކޮށްދިނުމެވެ.

ލޫލޭ ފިހާރައިގެ އެންމެ ފަހުގެ މައުލޫމާތު އަބަދުވެސް އެފިހާރައިގެ ވައިބާ ކޮމިއުނިޓީއިންނާއި ސޯޝަލްމީޑިއާ މެދުވެރިކޮށް ލިބެން ހުންނާނެއެވެ.

ވައިބާ ކޮމިއުނިޓީ ލިންކް

ފޭސްބުކް ލިންކް

އިންސްޓަގްރާމް ލިންކް

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!