އިތުރު ވަސީލަތްތައް ބޭނުންކޮށްގެން އެމްޕީއާރުސީގެ ތަހުގީގު އިތުރަށް ވަރުގަދަ ކުރަނީ
އިތުރު ވަސީލަތްތައް ބޭނުންކޮށްގެން އެމްޕީއާރުސީގެ ހިޔާނާތުގެ ތަހުގީގު އިތުރަށް ވަރުގަދަ ކުރަން ނިންމައިފިއެވެ.
ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެމްއެމްޕީއާރުސީގެ ކޮރަޕްޝަންގެ މައްސަލަ ތަހުގީގު ކުރާ އެކި އިދާރާތައް ހިމެނޭ ޖޮއިންޓް އިންވެސްޓިގޭޝަން ސުޕަވައިޒަރީ ގްރޫޕުން މިއަދު އެ މައްސަލައިގެ ތަހުގީގާ ގުޅޭ ބައްދަލުވުމެއް އޮންލައިންކޮށް ބޭއްވި ކަމަށެވެ. އިތުރު ވަސީލަތްތައް ބޭނުންކޮށްގެން އޮންލައިންކޮށް އެ ތަހުގީގާ ގުޅޭ ބައްދަލުވުންތައް ކުރިއަށް ގެންދަން ނިންމާފައިވާ ކަމަށް ހަމީދު ވިދާޅުވި އެވެ.
One productive thing during this #COVID19 pandemic is the ease of access to virtual meeting platforms. Just completed a good meeting of MMPRC Corruption’s Joint Investigation Supervisory Group. Decisions made to line up more resources and adopt a more aggressive approach.
— Mohamed Hameed (@M_Hameedh) May 14, 2020
ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވެރިކަމާ ހަވާލުވެވަޑައިގެންނެވި ފަހުން މި މައްސަލަ ތަހުގީގު ކުރަމުން ދަނީ ކޮރަޕްޝަންގެ އެ މައްސަލަތައް ތަހުގީގު ކުރުމަށް އެމަނިކުފާނު އުފެއްދެވި އެސެޓް ރެކަވަރީގެ ރިޔާސީ ކޮމިޝަނާއި، އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އާއި ފުލުހުން ގުޅިގެންނެވެ.
އެ ކޮމިޝަނުން ވަނީ އެ ފައިސާ ލިބުނު ކަމަށް ތުހުމަތު ކުރެވޭ 267 މީހުންގެ ލިސްޓެއް އެކުލަވާލާފަ އެވެ. ނަމަވެސް އަދި މިހާތަނަށް ކޮމިޝަނުން އެމީހުންގެ މައުލޫމާތެއް ހާމައެއް ނުކުރެ އެވެ. އަދި އެ ފަރާތްތަކަށް ދައުވާ ކުރުމަށްވެސް ނުފޮނުވަ އެވެ.
އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގެ ފައިސާ، މިހާރުގެ ސަރުކާރުގެ ހަތް ބޭފުޅަކަށާއި ރައްޔިތުންގެ މަޖިލީހުގެ 16 މެމްބަރަކާއި މިހާރު ކޯޓުތަކުގައި ތިއްބެވި ހަ ފަނޑިޔާރަކަށް ލިބިވަޑައިގެންފައިވާކަމަށް ފުލުހުން މީގެ ކުރިން ވަނީ ހާމަކޮށްފަ އެވެ.