ކޮވިޑް ޖެހުނު ފަހުން ގެއްލުނު 3 މީހުންގެ ތެރެއިން އެކަކު ފެނިއްޖެ
ކޮވިޑަށް ފައްސިވި ފަހުން ގެއްލުން 3 މީހުންގެ ތެރެއިން އެކަކު ފެނިއްޖެއެވެ.
ގެއްލިގެން ފުރަތަމަ ހޯދީ ހަތް މީހެކެވެ. އެ އެންމެންނަކީ ބިދޭސީންނެވެ. އޭގެ ތެރެއިން އިއްޔެގެ ނިޔަލަށް ފެނިފައިވަނީ ހަތަރު މީހެކެވެ.
މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކޮވިޑް-19 ގެ ތަރުޖަމާނު މަބްރޫކް އަޒީޒު ވިދާޅުވީ އިތުރު އެކަކު މިއަދު ފެނިފައިވާ ކަމަށެވެ. އަދި މިހާރު ހޯދަމުން ދަނީ އޭގެ ތެރެއިން ދެ މީހަކު ކަމަށެވެ.
މަބްރުކް ވިދާޅުވީ މިމީހުންގެ މަޢުލޫމާތުތައް އެޗްޕީއޭގައި އެބަހުރިކަމަށާ އެހެންނަމަވެސް އެމީހުން ދީފައިވާ ތަންތަނުގައި އެމީހުން މިވަގުތު ނޫޅޭކަމަށެވެ. އަދި މީ ކޮންޤައުމަކަށް ނިސްބަތްވާ ބައެއްކަމެއް މަބްރޫކް ވިދާޅެއްނުވެއެވެ.
މަބްރޫކް ވިދާޅުވީ މިމީހުން ނެތްކަން އެނގުނީ މިމަހުގެ 6 ނުވަތަ 7 ގައިކަމަށެވެ. އަދި މީމީހުން ނެތްކަން ފާހަގަވީ އެމީހުން ޕޮޒިޓިވްވުމުން އައިސޮލޭޝަނަށް ގެންދަންވެގެން ބެލިބެލުމުންކަމަށެވެ. ސާމްޕަލްތައް ނަގާ ފަރާތްތަކުގެ ސާމްޕަލްތައް ނެގުމަށްފަހު އެފަރާތްތަކުގެ މައުލޫމާތުތައް ނަގަމުން އަންނަކަމަށާއި މިގޮތުން އެމީހެއްގެ ނަމާއި ގުޅޭނެ ނަމްބަރާއި އުޅޭ ތަނެއްގެ މައުލޫމާތު އެއްކުރަމުން އަންނަކަމަށެވެ.
ގެއްލިގެން ހޯދަމުންދިޔަ ދެ މީހުން ނުފެނިއްޖެނަމަ ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތައް ލިބިގެންވާ ބާރުގެ ދަށުން އެމީހުންގެ ޒާތީ މައުލޫމާތު ހާމަކުރާނެކަމަށްވެސް މަބްރޫކް ވިދާޅުވިއެވެ.