ޓޫރިޒަމް މިނިސްޓްރީގެ ފޭސްބުކް އަދި ޓްވިޓަރ ހެކްކޮށް، ސަރުކާރާ ދެކޮޅު ޕޯސްޓްތަކެއް
ޓޫރިޒަމް މިނިސްޓްރީގެ ރަސްމީ ޓްވިޓަރ އެކައުންޓު ހެކްކޮށްފައިވާކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.
ފުލުހުން މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ، ޓޫރިޒަމް މިނިސްޓްރީގެ ޓްވިޓަރ އެކައުންޓް ހެކް ކޮށްފައިވާ ކަމަށާއި، އެ މައްސަލަ ފުލުހުން ތަޙްޤީޤު ކުރަމުންދާ ކަމަށެވެ.
Starting from today, all grocery permits issued by police would be reduced to once a week. If you’re already registered, you’ll get a new text message revealing the new time. You don’t need to get registered again. This is done to control a possible surge of #COVID19Maldives
— Maldives Police (@PoliceMv) May 14, 2020
ޓޫރިޒަމް މިނިސްޓްރީގެ ޓްވިޓަރ އެކައުންޓް ހެކްކޮށްފައިވާކަމަށް ފުލުހުން ވިދާޅުވިއިރު، މިރޭގެ ވަގުތެއްގައި އެ ޓްވިޓަރ އެކައުންޓުން ވަނީ ސަރުކާރާ ދެކޮޅު ޓްވީޓްތަކެއް ކޮށްފައެެވެ. ނަމަވެސް އިރުކޮޅެއްގެ ތެރޭގައި އެޕޯސްޓްތައްވަނީ ޑިލީޓްކޮށްލާފައެވެ.
މީގެ އިތުރުން ދާދި ދެންމެއަކު ޓޫރިޒަމް މިނިސްޓްރީގެ ފޭސްބުކް ޕޭޖްވެސް ވަނީ ހެކްކޮށްފައެވެ.މި ޕޭޖްގެ ހެކްކޮށް “ހޭޝްޓެގް ފްރީ މޯލްޑިވްސް” ފަދަ އިބާރާތްތަކާއެކު ފޭސްބުކްގައި ޕޯސްޓްކޮށްފައިވެއެވެ.
ޓޫރިޒަމް މިނިސްޓްރީގެ ޓްވިޓަރއިން ކުރި ބައެއް ޓްވީޓްތަކުގައި، އިނގެރޭސި ވިލާތްފަދަ ޤައުމުތަކުން ނަމޫނާ ނަގާ، ރާއްޖޭގައި ރައްޔިތުންނަށް ހިލޭ އެހީތެރިކަން ފޯރުކޮށްދިނުމަށްވަނީ ގޮވާލާފައެވެ. އަދި ކޮވިޑްގެ ސަބަބުން ލިބޭ ފައިސާގެ ތަފްސީލް ހާމަކުރުމަށާއި އެއިން ކުރާ ޚަރަދުތައް ސާފުކޮށްދިނުމަށްވަނީ ގޮވާލާފައެވެ.