ހުވަދޫ މީހުން މަސް ކަނޑަން ވެސް އައިސް އުޅުނު ތަނަކީ މާލެ: ޖާބިރު
ރައްޔިތުންގެ މަޖިލީހުގައި އަބަދުވެސް ތަފާތު މަންޒަރުތަކެއް ދައްކަވާ ކާށިދޫ ދާއިރާގެ މެންބަރު ޢަބްދުﷲ ޖާބިރު، މަޖިލިސް ތަޅުމުގައި މިއަދު ހުވަދޫ ބަހުން ވާހަކަ ދައްކަވައިފިއެވެ.
މިނިސްޓަރ އޮފް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ މުޙައްމަދު އަސްލަމްއާ މިއަދު މަޖިލިހުގައި ސުވާލު ކުރައްވަން ލިބުނު ފުރުސަތުގައި ޖާބިރު ހުވަދޫ ބަހުން ވިދާޅުވީ، އެމަނިކުފާނަކީ ހުވަދޫ މީހެއް ކަމަށާއި އެމަނިކުފާނު ދެކެވަޑައިގަންނަވާ ގޮތުގައި އަސްލަމަކީ ރަނގަޅު މިނިސްޓަރެއް ކަމަށާއި މިނިސްޓަރު ކުރައްވަނީ ބުރަ މަސައްކަތެއް ކަމަށެވެ.
މިނިސްޓަރ އާއި ސުވާލު ކުރައްވަމުން ޖާބިރު އެއްސެވީ "މާލެ" އަށް އެނަން ދެވުނީ ކިހިނެއްތޯ އާއި ހުވަދޫ މީހުން "މަސްކަނޑަން ވެސް ދިޔަ ތަނަކީ މާލެ" ކަމަށެވެ.
ޖާބިރު ކުރެއްވި ސުވާލަށް މާލެ ބަހުން ޖަވާބު ދެއްވަމުން މިނިސްޓަރ އަސްލަމް ވިދާޅުވީ އެމަނިކުފާނަކީ ތާރީޚު މާބޮޑަކަށް ކިޔަވައިގެން ހުރި މީހެއް ނޫން ކަމަށާއި އެހެން ނަމަވެސް ޙަޔާތުގެ ދެބައިކުޅަ އެއްބައި މާލޭގައި އުޅެފައި ހުރީމަ އެނގޭ ބައެއް ކަންކަން ހުރި ކަމަށެވެ.
"ހުވަދޫ މީހުންނެއް ނޫން މާލޭ ފަސްގަނޑަށް އައިސް އުޅުނީކީ، ގިރާވަރު މީހުން. މިމަޖިލީހުގައި ދެކެވޭ ހުރިހާ ވާހަކައަކީ ވެސް އޭގައި ސައްޙަކަމެއް ހުންނަން ޖެހޭނެ ވާހަކަތަކެއް ކަމުގައި ދެކެން. އިއްޒަތްތެރި ހުރިހާ މެންބަރުންނާ ވެސް އެކީގައި އަޅުގަނޑު މަސައްކަތް ކުރެވޭތޯ އަޅުގަނޑު މަސައްކަތް ކުރަނީ" މިނިސްޓަރ ވިދާޅުވިއެވެ.
މާލެ ބަސް؟. ދިވެހި ބަހެއް ނޫން ؟
އާނ