އެޖެންޑާ19 ގެނައީ ބާތިލް ދީންތަކަށް މި ރާއްޖެއިން ޖާގަ ހޯދައިދޭން: އަދުރޭ
މި ސަރުކާރުން އެޖެންޑާ19 ގެނައީ ބާތިލް ދީންތަކަށް މި ރާއްޖެއިން ޖާގަ ހޯދައިދިނުމަށް ކަމަށް ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ތުހުމަތު ކުރައްވައިފިއެވެ.
އަދުރޭ މިހެން ވިދާޅުވީ މާލީ ތަނަވަސްކަން ހުރި ރާއްޖެއިން ބޭރުގެ ބައެއް ފަރާތްތައް ރާއްޖޭގެ ރަށްވެހިކަމަށް ޝައުގުވެރިވާ ކަމަށާއި އެފުރުސަތު އެފަރާތްތަކަށް ދިނުމާމެދު ވިސްނުން ރަނގަޅު ކަމަށް ޕްލޭނިންގ މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވުމާ ގުޅިގެނެވެ.
އަދުރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެޖެންޑާ19 ގެ ތަފާތު މިދަނީ ފެންނަމުން ކަމަށާއި އިންސާނީ ހައްގުތަކުގެ ނަމުގައި އިސްލާމް ދީނާ ބީރައްޓެހި ގޮތް ފަތުރަމުން ދާ ކަމަށެވެ.
"ބާތިލް ދީންތަކަށް މި ރާއްޖެއިން ޖާގަ ހޯދައިދިނުން، ބިރަކާ ނުލައި މަޖާ ކުރުން، ފަހަރަކު ކަމެއް ތިލަ ކުރަމުން އަންނަނީ. ރައްކާވެ ތިބިއްޔާ ދަތުރޭ." އަދުރޭ ވިދާޅުވިއެވެ.
Agenda19 ge thafaathu mihira dhanee fennamun.Insaanee hagguge namugai islam dheenaa beerattehi goiythah fethurun. Baathil dheen thakah mi Raajein jaaga hoadhai dhinun.birakaa nulaa majaa kurun.faharaku kameh thila kuramun e’annanee.”Rakkaave thibiyyaa dhathurey” #SaveMaldives pic.twitter.com/2rK5iMC4Pu
— Abdul Raheem Abdulla (@Banafsaa) May 15, 2020
ރައްޔިތުންގެ މަޖިލީހުގެ ގައުމީ ތަރައްގީ އާއި ތަރިކަ ކޮމިޓީ އިން ބުރާސްފަތި ދުވަހު ވެބް ކޮންފަރެންސް މެދުވެރިކޮށް، ޕްލޭނިންގ މިނިސްޓްރީގެ ވެރިންނާ އެކު ބޭއްވި ބައްދަލުވުމުގައި އަސްލަމް ވިދާޅުވީ ދުނިޔޭގެ ނިސްބަތުން ވެސް ބޮޑެތި މުއްސަނދިންނަށް ކޮންމެވެސް ގޮތަކުން އެފަރާތްތަކަށް ރާއްޖޭގައި ތިބެވޭނެ ގޮތް ނުވަތަ ރެސިޑެންޓްސްގެ ގޮތުގައި ރާއްޖޭގެ ދިރިއުޅެވޭނެ ގޮތެއް ހޯދުމަކީ މިހާރު ވިސްނާލުން ރަނގަޅު ކަމެއް ކަމަށެވެ. އެއީ އެ ފަރާތްތަކަށް އެފުރުސަތު ދީފިނަމަ، އެ އެމީހުންގެ ފަރާތުން ދިވެހި ރާއްޖެއަށާއި ރައްޔިތުންނަށް ވެސް ފައިދާ ތަކެއް ކުރާނެ ގަބޫލުކުރެވޭތީ ކަމަށްވެސް އަސްލަމް ވިދާޅުވި އެވެ.