ޚަބަރު

މަނަދޫން އިތުރު 9 މީހަކު ކޮވިޑަށް ފައްސި ވެއްޖެ

ނ. މަނަދޫން އިތުރު 9 މީހަކު ކޮވިޑަށް ފައްސި ވެއްޖެއެވެ.

ފައްސިވެފައި ވަނީ އެ ރަށުން މާލެ ގެނައި ފަހުން ފައްސިވި އަންހެން މީހާއާ ކޮންޓެކްޓްވި ނުވަ މީހެކެވެ.

އެ އަންހެން މީހާ މާލެ ގެނައީ ބަނޑުގައި ރިއްސާތީ މަނަދޫ ހޮސްޕިޓަލުން ފަރުވާ ދިނުމަށް ފަހުއެވެ. އޭނާގެ ފުރަތަމަ ޓެސްޓު ފައްސިވި ނަމަވެސް ދެވަނަ ޓެސްޓް ވަނީ ނައްސި ވެފައެވެ. އަދި އޭގެ ފަހުން ހެދި ތިން ވަނަ ޓެސްޓް އަނެއްކާ ވެސް ވަނީ ފައްސި ވެފަ އެވެ.

މަނަދޫ ކައުންސިލްގެ ރައީސް މުހައްމަދު އުމަރު "މިހާރު" ނޫހަށް މައުލޫމާތު ދެމުން ވިދާޅުވީ އެ އަންހެންމީހާއާ ކޮންޓެކްޓްވި މީހުންގެ ތެރެއިން ޓެސްޓް ކުރި ނުވަ މީހަކު ފައްސި ވެފައިވާކަން ހެލްތު ޕްރޮޓެކްޝަން އެޖެންސީ(އެޗްޕީއޭ) އިން މިއަދު އަންގާފައިވާ ކަމަށެވެ.

އޭނާ ވިދާޅުވީ ފައްސިވި ނުވަ މީހުން އަދި ތިބީ އެ ރަށުގައި ކަމަށެވެ. އަދި ފައްސިވި މީހުންނަކީ ހޯމް އައިސޮލޭޝަންގައި ތިބި ބައެއް ކަމަށާއި ވަކިވަކި މީހުންގެ ތަފްސީލެއް އަދި ކައުންސިލަށް ނުލިބޭ ކަމަށެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!