ޚަބަރު

ވަރަށް ބޮޑަށް މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް ރާއްޖެއަށް ފުރަތަމަ ފަހަރަށް އޮރެންޖް އެލާޓް ނެރެފި

ދެން އެމްވީ ، ދެން އޮންލައިން

ވަރަށް ބޮޑަށް މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް ރާއްޖެއަށް ފުރަތަމަ ފަހަރަށް އޮރެންޖް އެލާޓް ނެރެފިއެވެ.

Ads by STELCO

ރާއްޖޭގެ މޫސުމާއި ބެހޭ ގައުމީ އިދާރާ (މެޓް) އިން ނެރުނު އޮރެޖް ސަމާލުގައި ބުނެފައި ވަނީ، މިއަދު ހަވީރުން ފެށިގެން ރޭގަނޑު ހަތަކާ އާ ހަމައަށް ބ. އަތޮޅުން ފ.އަތޮޅާއި ދެމެދުގެ ރަށްތަކަށް އާއްމު ވައި 34 މޭލާއި 40 މޭލު ބާރުމިނުގައި ހުންނާނެ ކަމަށާއި، ކަނޑުތައްވެސް ގަދަވާނެ ކަމަށެވެ.

ހުޅަނގު މޫސުމުގެ ވިއްސާރައާ އެކު، ކުރިއަށް އޮތް ހަތަރު ދުވަހު ރާއްޖޭގެ އެކި ސަރަހައްދުތަކަށް ބޯކޮށް، މޫސުން ގޯސްވާނެ ކަމަށް މީޓިއޮރޮލޮޖިކަލް ސާވިސް އިން އޮތީ ލަފާކޮށްފަ އެވެ. ނަމަވެސް މީގެ ކުރިން ރާއްޖޭގައި މޫސުުން ގޯސްވެ އޮރެންޖް ސަމާލެއް ނެރެފައެއް ނުވެއެވެ.

މެޓް އޮފީހުން ބުނެފައިވާ ގޮތުގައި ވައި ގަދަވެ، ކަނޑުތައް ގަދަވާނެ ކަމަށް ލަފާ ކުރެވޭތީ ކަނޑު ދަތުރު ކުރުމުގައި މޫސުމަށް ސަމާލުވުން މުހިންމެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!