ދުނިޔެ

އޮސްޓްރޭލިއާއިން އެހެން ގައުމުތަކަށް ކުރާ ދަތުރުތައް ހަމައަކަށް އެޅެން ތިން އަހަރު ނަގާފާނެ

ދެން އެމްވީ ، ދެން އޮންލައިން

އޮސްޓްރޭލިޔާއިން އެހެން ގައުމުތަކަށް ޗުއްޓީއަށް ދާން ބޭނުންވާ ފަރާތްތަކުން އިތުރަށް އިންތިޒާރު ކުރަން ޖެހޭނެކަމަށާއި ދަތުރުތައް ހަމައަކަށް އެޅެން ތިން އަހަރު ވަރު ނަގާފާނެ ކަމަށް އޮސްޓްރޭލިޔާގެ ދަތުރުފަތުރުގެ އިސް އިދާރާއިން ބުނެފިއެވެ.

Ads by Sosun Fihaara

އިންޓަރނޭޝަނަލް އެއަރ ޓްރާންސްޕޯޓް އެސޯސިއޭޝަންގެ ޗީފް އެގްޒެކެޓިވް އެލެގްޒެންޑްރާ ޑި ޖުނިއެކް ބުނީ، ކޮންމެ ތަނަކުން ޗުއްޓީ ހޭދަކޮށްފައި ދާމީހަކު ނަމަވެސް އޮސްޓްރޭލިޔާއަށް އެތެރެވާނަމަ 2 ހަފްތާއަށް ހޮޓަލެއްގައި ކަރަންޓީނު ކުރަން ޖެހޭނެއެވެ.

އޭ.ބީ.ސީ ނިއުސް ބްރެކްފާސްޓް އާ ވާހަކަ ދައްކަމުން އެލެގްޒެންޑްރާ ބުނީ، އެތެރޭގެ ދަތުރު ތަކުގެ މަރުހަލާއިން ފުރަތަމަ ފަށައިގެން، ސަރަހައްދީ ދަތުރުތައް އަދި ބައިނަލް އަގްވާމީ ދަތުރުތަކަށް ދާން ތިން އަހަރެއްހާ ދުވަސް ނަގާނެ ކަމަށާއި މިއަހަރު ނިމޭއިރަށް 50 އިންސައްތަ ދަތުރުތައް ކުރެވެން ފަށާނެކަމަށެވެ.

އޮސްޓްރޭލިޔާ، ނިއުޒީލެންޑް އަދި އިނގިރޭސިވިލާތުގެ އިތުރުން ސްޕެއިން އިންވެސް ބޭރުން އެތެރެވާ ކޮންމެ މީހަކު 14 ދުވަހުގެ ކަރަންޓީނަކަށް ދާން ލާޒިމް ކުރާކަން ފާހަގަ ކުރަމުން އެލެގްޒެންޑްރާ ބުނީ، ދާ ކޮންމެ ގައުމެއްގައި 14 ކަރަންޓީނު ކުރާގޮތަށް ބައިނަލްއަގްވާމީ ދަތުރުތައް ނުފެށޭނެ ކަމަށެވެ.
އެހެންކަމުން ކަރަންޓީނު ވާން ބޭނުން ނުވާ މީހުން ދަތުރުތައް ކެންސަލް ކުރާނެ ކަމަށް ހާމަ ކުރަމުން އެލެގްޒެންޑްރާ ވަނީ، އެއަރޕޯޓްތަކުން ހަށިގަނޑުގެ ފިނިހޫނުމިން ޗެކްކުރުމުގެ ބަދަލުގައި އެއްވެސް އަލާމާތެއް ހުރިނަމަ ދަތުރުކުރަން ހުއްދަ ނުދިނުމަށް ވަނީ ލަފާ ދީފައެވެ.

އަވަސް މުއްދަތެއްގައި ބޭރު މީހުނަށް ގައުމު ހުޅުވާލުމުގެ އެއްވެސް މަގުޗާޓެއް އަދި ހެދިފައި ނުވާކަމަށް އޮސްޓްރޭލިޔާގެ ޗީފް މެޑިކަލް އޮފިސަރ ޕްރޮފެސަރ ބްރެންޑަން މަރފީ ވެސް ވަނީ ހާމަ ކޮށްފައެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!