ޚަބަރު

އިހަވަންދޫގައި ފިހާރައެއް ފަޅާލައި 25،000 ރުފިޔާ ވަގަށް ނަގައިފި

ދެން އެމްވީ ، ދެން އޮންލައިން

ހއ.އިހަވަންދޫ ފިހާރައެއް ފަޅާލައި 25،000 ރުފިޔާ ވަގަށް ނަގައިފި އެވެ.

Ads by Sosun Fihaara

ފުލުހުން ބުނީ އިހަވަންދޫ ފިހާރައެއް ފަޅާލައި ވައްކަންކޮށްފައިވާ މައްސަލައެއް މިރޭގެ ވަގުތެއްގައި ހުށަހަޅާފައިވާ ކަމަށެވެ.

އެގޮތުން މިހާތަނަށް ބެލި ބެލުމުން އެ ފިހާރައިން 25،000 ރުފިޔާ ވަގަށް ނަގާފައިވާ ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށްވެސް ފުލުހުން ބުނެއެވެ. ފުލުހުން މިހާރު އަންނަނީ އެ ސަރަހައްދުގައި ހަރަކާތްތެރިވަމުންނެވެ.

މި މައްސަލައާ ގުޅިގެން މިހާތަނަށް މީހަކު ހައްޔަރުކޮށްފައިނުވާއިރު، މި މައްސަލަ އަންނަނީ ތަހުގީގު ކުރަމުންނެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!