ލައިފްސްޓައިލް

ބިރުވެރި އިންޒާރެއް: އިރު އޭގެ އެންމެ ދަށް ހަކަތައިގައި

ޢާއިޝަތު ނުޒުހާ ، ދެން އޮންލައިން

މިހާރު އިރު ހުރީ އޭގެ އެންމެ ދަށް ހަކަތައިގައި ކަމަށް ސައިންސްވެރިން ބުނެފިއެވެ. އެގޮތުން މި "ސޯލާ މިނިމަމް" ގެ ދުވަސްވަރު އިރުން ލިބެން ޖެހޭ ހަކަތަ އެންމެ ފުރިހަމަ އަށް ނުލިބިދާނެ ކަމުގެ ބިރު ސައިންސްވެރިން ވަނީ ހާމަކޮށްފައެވެ.

Ads by Sosun Fihaara

އަދި މިކަމުގެ ސަބަބުން ދުނިޔޭގެ ފިނި ހޫނުމިން ދަށްވެ، ބިންހެލުންތަކާއި އަލިފާން ފަރުބަދަތައް ގޮވުމަށް މަގުފަހިވާ ކަމަށް ވެސް ސައިންސްވެެރިން ބުނެއެވެ.

އެގޮތުން ސަންސްޕޮޓްސް ތައް ވެސް ވަނީ ގެއްލިފައި ކަމަށާއި، މިއީ މިހާތަނަށް ދުނިޔެ ކުރިމަތިލާ އެންމެ ބޮޑު ސޯލާ މިނިމަމް ކަމުގައި މާހިރުން ބުނެއެވެ.

އެސްޓްރޮނޮމާ އެއް ކަމުގައިވާ ޑރ. ޓޯނީ ފިލިޕްސް ބުުނެފައިވާ ގޮތުގައި ސޯލާ މިނިމަމް އެއް ވަނީ އައުމުގެ މަގުމަތީގައެވެ. އަދި މިއީ މިހާތަނަށް ކުރިމަތިވާނެ އެންމެނުރައްކާތެރި އެއް ސޯލާ މިނިމަމް ކަމުގައި އޭނާ ވަނީ ސިފަކޮށްފައެވެ. އެގޮތުން ސަންސްޕޮޓް ކައުންޓް ތަކަށް ބަލާއިރު މިއީ ފާއިތުވި ގަރުނުގައި ވެސް ކުރިމަތިލާން ޖެހޭ ސޯލާ މިނިމަމް ކަމަށާއި އިރުގެ ދަގަތްފާނު ބާރުވެސް ދެރަވެފައިވާކަމަށާއ އެކަމުގެ ސަބަބުން ސޯލާ ސިސްޓަމް އަށް ވަންނަ ކޮސްމިކް ރޭސް ތައް ގިނަވެގެންދާނެ ކަމަށް ވެސް އޭނާ ބުނެފައިވެއެވެ.

ނާސާ އިން ވެސް ވަނީ 1790 އާ 1830 ވަނަ އަހަރާއި ދެމެދު ދުނިޔެއަށް ކުރިމަތި ވި ސޯލާ މިނިމަމް އެއް ތަކުރާރު ވެދާނެ ކަމުގެ ބިރު ހާމަކޮށްފައެވެ. އެ އަހަރުތަކަކީ ފިނި ގަދަ، ދަނޑުވެރިކަން މަދު އަދި ބާރުގަދަ އަލިފާން ފަރުބަދަތައް ގޮވުން ގިނަވި އަހަރުތަކެކެވެ. އެގޮތުން 20 އަހަރުވަންދެން ދުނިޔޭގެ ފިނި ހޫނުމިން 2 ޑިގްރީ ސެލްސިއަސް އަށް ވެއްޓި ދުނިޔޭގެ ކާބޯތަކެތި އުފެއްދުން މުޅިން ހެން މަޑުޖެހުނެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!