ދުނިޔެ

އޭލިއަންއާ ބެހޭގޮތުން އާންމުންނަށް ނޭނގޭ އެތައް މައުލޫމާތެއް އޮބާމާއަށް އެނގޭ!

މުޙައްމަދު ޝިފާއު ، ދެން އޮންލައިން

އެމެރިކާގެ ކުރީގެ ރައީސް ބަރަކް އޮބާމާ,  އޭލިއަން އާބެހޭ ގޮތުން އެމަނިކުފާނުގެ އޮފިޝަލުންނާ ސުވާލު ކުރައްވައިފި ކަމަށް މީޑިއާތައް ބުނެފިއެވެ.

Ads by Sosun Fihaara

ބޭރުގެ ޚަބަރުތަކުން މައުލޫމާތު ލިބިފައިވާ ގޮތުގައި އޮބާމާއަކީ އޭލިއަން އާ ބެހޭ ގޮތުން މައުލޫމާތު މުއްސަނދި އަދި އެކަމަށް ޝައުގު ވެސް ހުންނަ ބޭފުޅެކެވެ.

އޮބާމާ ވިދާޅުވެފައިވާ ގޮތުގައި އޭލިއަންއާ ބެހޭގޮތުން އެމަނިކުފާނުގެ އޮފިޝަލުންނާ އެހި ސުވާލަށް ލިބުނީ އެންމެ އެދެވޭ ޖަވާބެއް ނޫނެވެ. އެމީހުން ބުނި ގޮތުގައި އޭލިއަންގެ އެއްވެސް މައުލޫމާތެއް ލިބިފައެއް ނުވެއެވެ. އަދި އޮބާމާއަށް އޭލިއަނުންނާ ގުޅޭ ކޮންމެ ވެސް ވަރެއްގެ ސިއްރެއް އެނގިފައި ވާކަން އެހިސާބުން އޮފިޝަލުންނަށް ވެސް ވަނީ ހާމަވެފައެވެ.

ސުވާލަކީ އޭލިއަނުނާ ބެހޭގޮތުން އެއްވެސް އާންމު މީހަކަށް އެނގިފައި ނުވާ މައުލޫމާތެއް އޮބާމާއަށް އެނގިފައިވާނަމަ އެ މައުލޫމާތު ހިއްސާ ކުރާނެ ބާވައެވެ؟ މިއީ ބޭރުގެ އެތައް ބައެއްގެ ހިތްތަކުގައި މިއަދު އުފެދިފައިވާ ސުވާލެކެވެ. އަދި އެމަނިކުފާނުގެ އޮފިޝަލުންގެ ހިތްތަކުގައި ވެސް މެއެވެ. އެހެން އޮފިޝަލެއް  އޮބާމާ ކުރި ސުވާލަން އާނއެކޭ ވެސް ބުނެފައިވާއިރު، އެއީ އިތުރު މައުލޫމާތެއް އޮބާމާ ފަރާތުން ލިބޭތޯ ބަލާލުމަށް ކަމަށް ވެސް ބޭރުގެ މީޑިއާ ތަކުން މައުލޫމާތު ލިބެއެވެ.

އޮބާމާ ވަނީ ގިނަ ބައެއްގެ މިސުވާލުތައް ކޮށް، ގިނަ ބައެއް އެކަމާ ބެހޭގޮތުން މައުލޫމާތު ހޯދުމަށް ކެތް މަދުކުރުވާފައެވެ. އަދި ގިނަ ބަޔަކު ގަބޫލު ކުރާ ގޮތުގައި އޮބާމާއަށް އެކަމާ ބެހޭ ގޮތުން ގިނަ ބަޔަކަށް ނޭނގޭ އެތައް މައުލޫމާތެއް ވެސް އެނގެއެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!