ޚަބަރު

ރިލީފް ޕެކޭޖުގެ ދަށުން 115.8 މިލިއަން ރުފިޔާގެ ލޯނު ދޫކޮށްފި

ދެން އެމްވީ ، ދެން އޮންލައިން

ކޮވިޑް-19އާ ގުޅިގެން ތައާރަފްކުރި ރިލީފް ޕެކޭޖުގެ ދަށުން 115.8 މިލިއަން ރުފިޔާގެ ލޯނު ދޫކޮށްފާއިވާ ކަމަށް ސަރުކާރުން ބުނެފިއެވެ.

Ads by Sosun Fihaara

މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމެއްގައި ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވީ ދޫކުރި 115.8 މިލިއަން ރުފިޔާގެ ތެރެއިން 109.6 މިލިއަން ރުފިޔާ ދޫކޮށްފައިވަނީ ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ކަމަށެވެ. އެގޮތުން ބީއެމްއެލް އިން ވަނީ 83 ފަރާތަކަށް ލޯނު ދޫކޮށްފައެވެ.

އަދި އަނެއް 6.2 މިލިއަން ރުފިޔާ ދޫކޮށްފައިވަނީ އެސްއެމްއީ ފައިނޭންސް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެސްޑީއެފްސީ) މެދުވެރިކޮށް ކަމަށާއި އެގޮތުން އެސްޑީއެފްސީން 76 ފަރާތަކަށް ލޯނު ދޫކޮށްފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މިލޯނުތަކުގެ އެންމެ މުހިއްމު ޝަރުޠުތެއްގެ ގޮތުގައި ހިމެނެނީ ކޯވިޑް-19ގެ މިޙާލަތާ ގުޅިގެން އަދި ލޯނުއެހީދޭ މުއްދަތުގެ ތެރޭގައިވެސް އެވިޔަފާރީގައި ޝާމިލުވާ އެއްވެސް ދިވެހި މުވައްޒަފަކު ވަޒީފާއިން ވަކިކޮށްފައި ނުވުމެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!