މިނިސްޓަރު މަހްލޫފް އެހީވީ މޯދީ ކެއާ ފަންޑަށް!
ކޮވިޑް-19އާ ގުޅިގެން ރާއްޖޭގެ އިގްތިސާދީ ހާލަތު ދަށްވެފައިވާ މި ދަނޑުވަޅުގައި ޔޫތް މިނިސްޓްރީގެ މަސައްކަތްތައް މަޑު ޖެހި ރާއްޖޭގެ ކުޅިވަރަށް ވެސް މިވަނީ ހީނަރުކަމެއް އައިސްފައެވެ. މި ދަނޑިވަޅުގައި ޔޫތް މިނިސްޓަރު އަހުމަދު މަހްލޫފް އިންޑިއާގެ ބޮޑުވަޒީރު އުފައްދާފައިވާ، "މޯދީ ކެއާ ފަންޑަ" އަށް ފައިސާ ހަދިޔާ ކުރައްވާފައެވެ.
މޯދީ ކެއާ ފަންޑު ލޯންޗު ކޮށްފައިވަނީ މިއަހަރުގެ މާރޗު މަހުގެ ތެރޭގައެވެ. ކޮވިޑްގެ ސަބަބުން ހާލުގައި ޖެހޭ ފަރާތްތަކަށް އެހީވުމަށް ހުޅުވި މި ފަންޑުގައި ދެފުށް ނުފެންނަ ގިނަ ކަންތައްތަކެއް ހުރި ކަމަށް އިންޑިއާގެ ނޫސްތަކުން ވަނީ ރިޕޯޓު ކޮށްފައެވެ. އެގޮތުން މި ފަންޑުގެ ފައިސާ ކޮވިޑް ނޫން ކަންކަމަށް ބޭނުން ކުރާ ކަމަށާއި ބައެއް އަމިއްލަ ހޮސްޕިޓަލުތަކަށް ހަދިޔާ ކުރަން ހަމަޖެހިފައި އޮތް ފައިސާ މޯދީ ފަންޑަށް ޖަމާކޮށްފައިވާ ކަމަށް ވެސް އިންޑިއާގެ ހަބަރުތައް ބުނެއެވެ.
މިނިސްޓަރު މަހްލޫފް މިދިޔަ ބުރާސްފަތި ދުވަހު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ދުނިޔޭގެ ޖޫނިއާ ގޮލްފް ޗެމްޕިއަނެއް ކަމަށްވާ އިންޑިއާގެ އަރުޖުން ބާތީ އިސް ނަގައިގެން މޯދީ ކެއާ ފަންޑަށް އެހީ ހޯދަން ހިންގާ ޕްރޮގްރާމްގައި، ބައިވެރިވެ ވަޑައިގެން އެހީ ވެދެއްވާ ކަމަށެވެ.
އެ ޓްވީޓްގައި އެހީގެ ފައިސާގެ ޓްރާންސެކްޝަންގެ ސްލިޕް ހިމަނުއްވާފައިވި ނަމަވެސް އެކައުންޓަށް ޓްރާންސްފާ ކުރެއްވި އަދަދުގެ މަތީގައި ވަނީ ރަތް ކުލަ ހާއްކަވައިގެން ވަނީ އެޑިޓް ކުރައްވާފަ އެވެ.
To support the initiative by my brother @arjunbhatigolf,Junior World Golf Champion, I’ve contributed to the PM @narendramodi CARE FUND. The contribution of India to Maldives is massive, especially during tough times. Thank Min. @KirenRijiju for the support in sports development. pic.twitter.com/OjLgenyZRY
— Ahmed Mahloof (@AhmedMahloof) May 14, 2020
ރާއްޖޭގެ ކުޅިވަރު އިނދަޖެހިފައި ވަނިކޮށް އިންޑިއާގެ އެތުލީޓަކު އިސް ނަގައިގެން ހިންގާ ކެމްޕޭނެއްގައި ރާއްޖޭގެ ކުޅިވަރުގެ ވަޒީރު ބައިވެރިވެ ވަޑައިގެން ފައިސާގެ އެހީ ދެއްވުމުން ރާއްޖޭގެ ގިނަ ކުޅިވަރާ ގުޅުން ހުރި ފަރާތްތަކުން އަންނަނީ މަހްލޫފަށް ފާޑުކިޔަމުންނެވެ.
އެގޮތުން މިވަގުތު މިނިސްޓަރުގެ އެންމެ މުހިންމު މަސްއޫލިއްޔަތަކަށް ވާން ޖެހޭނީ ރާއްޖޭގެ ކުޅުންތެރިންނާއި ކޯޗުންނަށް ދިމާވެފައިވާ ދަތިތަކަކީ ކޮބައިތޯ ބަލައި އެކަމަށް ގޮތެއް ހޯދައިދެއްވުމަށް ކަމަށް ބައެއް ފަރާތްތަކުން ބުނެއެވެ.
ފާޑުކިޔުންތަކަށް ރައްދު ދެއްވަމުން މަހްލޫފް ވިދާޅުވީ އެއީ ފަންޑު ހޯދާ ކެމްޕެއިނެއް ކަމަށާއި ހަދިޔާ ކުރެއްވީ 200 ޑޮލަރު ކަމަށެވެ. އަދި ރާއްޖޭގެ ކުޅިވަރު ކުރިއެރުވުމަށް އިންޑިއާއިން މިލިއަން ޑޮލަރު ހަދިޔާ ކުރާ ކަމަށާއި އެހެންކަމުން ފަންޑުގައި ބައިވެރިވުމަކީ މައްސަލައެއް ނޫން ކަމަށެވެ.
-Fund raising campaign eh,$200 ge ramzee baiverivumeh.India inn Raajjeyge kulhivarah million dollar haradhukurey. Baiverivun massalaeh ?
-Sodhaqaathakee kanaathun dheyiru vaathahves neygi dheyecheh,ebayakah ingeyne, article liyunu noosveriyaa ah angaa/tweet kuranjehey kamehnoon. https://t.co/gkOY5XOwQ3
— Ahmed Mahloof (@AhmedMahloof) May 16, 2020
"ސޮދަގާތަކީ ކަނާތުން ދޭއިރު ވާތައް ވެސް ނޭނގި ދޭ އެއްޗެއް. އާޓިކަލް ލިޔުނު ނޫސްވެރިޔާއަށް އަންގާ ޓްވީޓް ކުރަން ޖެހޭ ކަމެއް ނޫން." މޯދީ ކެއަރ ފަންޑަށް މަހްލޫފް ފައިސާ ހަދިޔާ ކުރެއްވީ ރާއްޖޭގެ ކުޅިވަރު ބިކަވެފައި ވަނިކޮށް ކަމަށް 'އަވަސް' ނޫހުގައި ލިޔެފައިވާ ލިޔުމަކަށްރައްދު ދެއްވަމުން މަހްލޫފް ވިދާޅުވިއެވެ.