ޚަބަރު

ބޭރަށް ހިންގުން އިތުރުވާތީ ސަމާލުވުމަށް އިލްތިމާސްކޮށްފި

ދެން އެމްވީ ، ދެން އޮންލައިން

ބޭރަށް ހިންގުން އިތުރުވާތީ ކާބޯތަކެއްޗަށް ރައްކާތެރިވުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފިއެވެ.

އެޗްޕީއޭއިން ބުނީ ބޭރަށް ހިންގުމާއި ހޮޑުލުމުގެ ރޯގާ އިތުރުވަމުން އަންނަ ކަމަށެވެ. އެހެންކަމުން ރައްކާރެތިވުމަށް ޚާއްޞަކޮށް ކާބޯތަކެތި ރަނގަޅު ގޮތުގައި ބޭނުންކުރުމަށް ސަމާލުކަން ދޭންޖެހޭ ކަމަށެވެ.

ތިން ދުވަސް ވަންދެން 24 ގަޑައިރު ތެރޭގައި ތިން ފަހަރަށް ވުރެ ގިނައިން ބޮޑުކަމުދެވުން ނުވަތަ ބޭރަށް ހިންގުމުގެ އަލާމަތްތައް އިތުރަށް ގޯސް ވާނަމަ ޑޮކްޓަރަށް ދެއްކުމަށް އެޗްޕީއޭއިން އެދެއެވެ.

ބޭރަށް ހިންގުމާއި ހޮޑުލުމުގެ ރޯގާ އިން ރާއްކާތެރިވުމަށް ކާބޯތަކެއްޗަށް ދިރޭ ސޫޕާސޫތްޕަށް ނޭރެވޭނެހެން މަތިޖަހާފައި ބެހެއްޓުމާއި، ކެއުމުގައި ވީހާ ވެސް ތާޒާ ކާނާ ބޭނުންކުރުމާއި، އަދި ކާބޯތަކެތި ހަލާކު ނުވާނޭގެން ރައްކާކުރުން މުހިންމު ކަމަށް އެޗްޕީއޭ އިން ބުންޏެވެ. އަދި ކާބޯތަކެތި ރަނގަޅަށް ކައްކައިގެން ބޭނުންކުރުމަށާއި، ރޯ ތަރުކާރީއާއި މޭވާ ރަނގަޅަށް ދޮވެގެން ބޭނުން ކުރުމަށް ވެސް އެޗްޕީއޭ އިން އެދެއެވެ.

އަދި ކުޑަކުދިންގެ ނެޕީ ބަދަލުކުރުމަށްފަހުގަ އާއި ފާޚަނާ ކުރުމަށްފަހު އަދި ކާބޯތަކެތީ ތައްޔާރު ކުރުމާއި، ކެއުމުގެ ކުރިން ސައިބޯނި ލައިގެން ރަނގަޅަށް އަތް ދޮންނަންޖެހޭ ކަމަށް ވެސް އެޗްޕީއޭ އިން އެދެއެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!