ޚަބަރު

ބިރުވެރިކަން އަދިވެސް އެބައޮތް! މިއަދު ވެސް އިތުރު 47 ފައްސި، ގޭގައި މަޑު ކުރައްވާ!

ދެން އެމްވީ ، ދެން އޮންލައިން

މިއަދު އިތުރު 47 މީހަކު ކޮވިޑް19 ފައްސިވެފައިވާ ކަން ހާމަކޮށްފިއެވެ.

Ads by Sosun Fihaara

އެޗްޕީއޭ އިން ކުރި ޓްވީޓެއްގައި ބުނެފައިވަނީ މިއަދުގެ އިރުއޮއްސި 06:00 ހަމައަށް އިތުރު 47 މީހަކު ކޮވިޑް19 އަށް ފައްސިވެފައިވާކަމަށެވެ. ފައްސިވި 47 މީހުންގެ ތެރޭގައި ހިމެނެނީ 19 ދިވެއްސަކާއި، ބަންގްލަދޭޝް 22 މީހަކާއި، ނޭޕާލް ދެ މީހެއްގެ އިތުރުން، އިންޑިއާ ހަތަރު މީހެެކެވެ.

އެއާއެކު ރާއްޖެއިން ފައްސިވި މީހުންގެ އަދަދުވަނީ ޖުމްލަ 1078 އަށް އަރާފައެވެ.

ރާއްޖެއިން މިހާތަނަށް ކޮވިޑް-19 ޖެހުނު މީހުންގެ ތެރެއިން 379 މީހުންނަކީ ދިވެހިންނެވެ. އަދި 699 މީހުންނަކީ ބިދޭސީންނެވެ. މީގެ ތެރޭގައި 557 މީހުންނަކީ ބަންގްލަދޭޝް މީހުންނެވެ.

ރާއްޖެއިން ކޮވިޑް-19 ޖެހުނު މީހުންގެ ތެރެއިން 49 މީހަކު ވަނީ ރަނގަޅުވެފައެވެ. އަދި ހަތަރު މީހަކު ވަނީ މި ބަލީގައި ނިޔާވެފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!