ޚަބަރު

އަލްޙަމްދުލިﷲ! ކޮވިޑް19 ޖެހުނު އިތުރު 9 މީހަކު ބަލިން ރަނގަޅުވެއްޖެ!

ދެން އެމްވީ ، ދެން އޮންލައިން

ރާއްޖެއިން ކޯވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން އިތުރު 9 މީހުން ބަލިން ރަނގަޅުވެއްޖެއެވެ. އެއާއެކު ރާއްޖެއިން މިބަލިން ރަނގަޅުވި މީހުންގެ ޢަދަދު ވަނީ 58 އަށް އަރާފައެވެ.

Ads by Sosun Fihaara

ކޮވިޑް-19 ޖެހި ރާއްޖެއިން ރަނގަޅުވީ މީހުންގެ ތެރޭގައި ދިވެހީންނެވެ. އޭގެ ތެރޭގައި މިބަލި މާލެއިން އެންމެ ފުރަތަމަ ފެނުނު ޖަރީމާގޭ ކްލަސްޓަރއަށް ނިސްބަތްވާ 2 އަހަރުގެ ތުއްތު ކުއްޖާވެސް ހިމެނެއެވެ. އަދި މާލެއިން މިބަލި ފެނުނު އެންމެ ބޮޑެތި ކްލަސްޓަރ ތަކަށް ނިސްބަތްވާ މީހުން ވެސް ހިމެނެއެވެ.

ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕް (ޓެގް) ގައި ހިމެނިވަޑައިގަންނަވާ ޑޮކްޓަރުން ވިދާޅުވެފައި ވަނީ ރާއްޖޭގައި ބަލިން ރަނގަޅުވާ މުއްދަތު ލަސް ނަމަވެސް ކުރިއަށް އޮތް ހަފްތާގެ ތެރޭގައި ކޯވިޑް ޖެހުނު މީހުންގެ ތެރެއިން ބަލިން ރަނަގަޅުވާ މީހުންގެ ޢަދަދު އިތުރުވާނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ.

ރާއްޖެއިން މިހާތަނަށް 1078 މީހުނަށް ބަލި ޖެހިފައިވާއިރ މި ބަލީގައި ރާއްޖެއިން 4 މީހެއް ވަނީ ނިޔާވެފައެވެ.

Ads by PNC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!