މޮޅަދޫ ޒުވާނުން ނިކުމެ ރަށުތެރެ ސާފުކޮށްލައިފި، އެއްބައިވަންތަ ކަމުގެ ފުރިހަމަ މިސާލެއް!
ކޮވިޑް-19ގެ ސަބަބުން ހއ. މޮޅަދޫގެ އިޖުތިމާއީ ސަރަހައްދުތައް ސާފުކުރުމަށް ދަތިތައް ކުރިމަތިވެ ވެފައި ވަނިކޮށް އެރަށު ޒުވާނުން އިސްނައިގެން އެ ސަރަހައްދުތައް ސާފުކޮށްލައިފިއެވެ.
މިއަދު މެންދުރު ފަހު 2:30 އިން ހަވީރު 17:30 އަށް ކުރިއަށް ގެންދިޔަ މި މައްސައްކަތުގައި އެ ރަށުގެ ގިނަ ޒުވާނުންތައް ވަނީ ބައިވެރިވެފައެވެ.
މޮޅަދޫ ކައުންސިލްގެ ރައީސް މުޙައްމަދު ނިޝާމް "ތިލަދުން" އަށް މައުލޫމާތު ދެމުން ވިދާޅުވީ، މިއަދު އެރަށުގައި ފެށުނު ރަށުގެ އިޖުތިމާއީ ސަރަޙައްދު ސާފުކުރުމުގެ މަސައްކަތަކީ އެރަށުގެ ޒުވާނުން އިސްނަގައިގެން ފެށި މަސައްކަތެއް ކަމަށެވެ.
އެ މަސައްކަތުގެ ދަށުން އެ ރަށުގެ އިޖުތިމާއީ ބައެއް ސަރަހައްދުތައް ސާފު ކުރެވިފައިވާ ކަމަށާއި، މާދަމާވެސް މި މަސައްކަތް ކުރުން އޮންނާނެ ކަމަށްވެސް ނިޝާމް ވިދާޅުވިއެވެ.
މޮޅަދޫ ހިމެނޭ އިހަވަންދޫ ދާއިރާގެ މެމްބަރު މުޙައްމަދު ޝިފާއު ވެސް ވަނީ މޮޅަދޫ ޒުވާނުންގެ މަސައްކަތައް ސާބަސް ދަންނަވާފައެވެ. ޝިފާއު ވިދާޅުވީ މޮޅަދޫން ދައްކުވައި ދިނީ އެއްބައިވަންތަ ކަމުގެ ފުރިހަމަ މިސާލެއް ކަމަށެވެ.
މޮޅަދޫގެ ޒުވާނުން ނިކުމެ ރަށުތެރެސާފު ކުރުން. އެކުވެރިކަމާ އެއްބައެވަންތަ ކަމުގެ ފުރިހަމަ މިސާލެއް. pic.twitter.com/9DEkAZ5JJn
— MP Mohamed Shifau (@mhshifau) May 15, 2020