ހަގީގީ ހާދިސާ ދީން

ޙަޤީޤީ ޙާދިޘާ: 20 އަހަރު ކުރިން ފެނުނު ހުވަފެނެއްގެ ތަޢުބީރަކީ އެކަނި ހުރެ ތަވާފްކުރުން ، ޙަޤީޤަތަކަށް ވެގެންދިޔައީ މި އަހަރު

ދެން އެމްވީ ، ދެން އޮންލައިން

ﷲއީ ކޮންމެ ކަމަކަށް ކުޅަދުންވަންތަ އިލާހެވެ. ވާށޭ ވަހީ ކުރެއްވުމާއެކު އެކަމެއް ވެދެއެވެ. ފަހެ އެކަމަކީ އިންސާނުންގެ ބުއްދިއަށް ޤަބޫލުކުރަން އުނދަގޫ ކަމަކަށް ވިޔަސްމެއެވެ.

Ads by STELCO

މިއީ މީގެ 20 އަހަރު ކުރިން މީހަކަށް ފެނުނު ހުވަފެނެއް މިއަހަރުގެ ރަމަޟާން މަހުގައި ޙަޤީޤަތަކަށްވި ވާހަކައެވެ. މީގެ 20 އަހަރު ކުރިން އެއީ ޤަބޫލު ކުރަން އުނދަގޫ ކަމަކަށް ވިޔަސް ކޮވިޑް19ގެ ސަބަބުން އަޅައިފައިވާ ފިޔަވަޅުތަކާ ގުޅިގެން އޭނާއަށް ވަނީ މި ހުވަފެން ޙަޤީޤަތަކަށް ވެފައެވެ. ހުރިހާ ކަމެއް އެންމެ މޮޅަށް ދެނެވޮޑިގެންވާ ﷲ ތަބާރަކަ ވަތަޢާލާގެ މަތިވެރިކަމާއެވެ.

މި ވާހަކަ މީޑިއާގައި ހިއްސާކޮށްފައި ވަނީ ސަޢުދީގެ އުސްތާޛެއް ކަމަށްވާ އަޙްމަދު ޙުޟައިރުއެވެ. އޭނާ ކިޔައިދީފައިވެއެވެ.

"އަޅުގަނޑުގެ ރަޙުމަތްތެރިއަކަށް މީގެ 20 އަހަރު ކުރިން ހުވަފެނެއް ފެނުނެވެ. އަދި އޭނާއަށް އެ ފެނުނު ހުވަފެން ، ހުވަފެން ތައުބީރު ކުރާ މީހަކަށް ކިޔައިދިނެވެ.

ހުވަފެން ތައުބީރު ކުރާ މީހާ ބުންޏެވެ. ކަލޭ ގިނިކަންޏާ ގެފުޅު ވަށައިގެން ތަވާފް ކުރާނެއެވެ. ހުވަފެން ފެނުނު މީހާ ހީލައިފައި ބުންޏެވެ. އަހަންނަކީ ދެން ކާކު ހެއްޔެވެ؟ ގެފުޅު ވަށައިގެން އަހަރެން އެކަނި ތަވާފްކުރަން ފުރުސަތު ލިބޭނީ ކޮންފަދައަކުން ހެއްޔެވެ؟

ދެން ފަހެ ، އޭގެ 20 އަހަރު ފަހުން މިއަހަރުގެ ރަމަޟާންމަހު ޙަރަމްފުޅު ބަލަހައްޓާ ފަރާތުން އޭނާއަށް ދިން ފުރުސަތެއްގައި އެ ހުވަފެން ޙަޤީޤަތަކަށް ވެގެން ހިނގައްޖެއެވެ. ކޮންމެ ރަމަޟާން މަހެއްގައި އެތައް މިލިއަން މީހުން އެއްވާ އެ މައިދާނުގައި މިއަހަރު އެކަނިމާއެކަނި ހުރެ ތަވާފްކުރުމުގެ ފުރުސަތު އޭނާއަށް ލިބިއްޖެއެވެ.

ﷲ ނިންމަވަން އިރާދަ ކުރައްވާ ކަމެއް ތިބާއަށް ތަސައްވަރު ވެސް ނުކުރެވޭނެއެވެ. ﷲއާ މެދު ހެޔޮކޮށް ވިސްނައި އެ އިލާހުގެ ޙަޟްރަތުން ގިނަ ކަންކަމަށް އެދޭށެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!