ޚަބަރު

އެމްޑީޕީ ޕްރައިމަރީއަށް ފޯމު ހުށަހެޅުމުގެ ވަގުތު އިތުރުކޮށްފި

ލޯކަލް ކައުންސިލް އިންތިހާބުގައި ވާދަކުރާނެ ކެންޑިޑޭޓުން ކަނޑައެޅުމަށް އެމްޑީޕީން ބާއްވާ ޕްރައިމަރީގައި ވާދަކުރުމަށް ފޯމް ހުށަހެޅުމުގެ ވަގުތު އިތުރުކޮށްފިއެވެ.

އެމްޑީޕީން ބުނީ ޕްރައިމަރީގެ އެޕްލިކޭޝަން ފޯމް ބަލައިގަތުމާއި ވޯޓާސް ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ވަގުތު މިރޭ 9:00 އާއި ހަމައަށް އިތުރު ކުރެވިފައިވާ ކަމަށެވެ.

ޕްރައިމަރީގައި ވާދަކުރަން އެމްޑީޕީން ހުޅުވާލީ ޑިސެމްބަރު 30 ގަ އެވެ. ޕްރައިމަރީގައި ވޯޓުލުން އޮންނާނީ މި ޖެނުއަރީ މަހުގެ 31 ވަނަ ދުވަހު އެވެ.

އެމްޑީޕީގެ ޕްރައިމަރީގައި ވޯޓު ލެވޭނީ މިދިޔަ މަހުގެ 31 ވަނަ ދުވަހުގެ ނިޔަލަށް ޕާޓީގެ މެމްބަރޝިޕް ކޮމިޓީން މެމްބަރެއްގެ ގޮތުގައި ބަލައިގެންފައިވާ މެމްބަރުންނަށް ކަމަށް އެމްޑީޕީން ބުނެއެވެ.

އެމްޑީޕީގެ ޕްރައިމަރީ ބޭއްވުމަށް ހަމަޖެހިފައިވަނީ މި މަހުގެ 31 ވަނަ ދުވަހުއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!