ޚަބަރު

ބޯޑަރު ހުޅުވާލިފަހުން އަނެއްކާވެސް ރެކޯޑެއް!

ޢާއިޝަތު ނުޒުހާ ، ދެން އޮންލައިން

ފަތުރުވެރިންނަށް ރާއްޖޭގެ ބޯޑަރު ހުޅުވާލި ފަހުން އަނެއްކާވެސް ރެކޯޑެއް މުގުރާލައިފިއެވެ.

Ads by Hajj Corporation

ޓޫރިޒަމް މިނިސްޓްރީގެ އެންމެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި ބޯޑަރު ހުޅުވާލި ފަހުން މިހާ ތަނަށް އެއް ދުވަސް ތެރޭގައި ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން އައިސްފައިވަނީ އިއްޔެއެވެ.

މިކަން އިއުލާނު ކުރައްވައި ޓޫރިޒަމް މިނިސްޓަރ ޑރ. ޢަބްދުﷲ މަަޢުސޫމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އިއްޔެ ރާއްޖެއަށް 2900 ފަތުރުވެރިން އައިސްފައިވާކަމަށެވެ. އަދި މިއީ އައު ރެކޯޑެއްގެ ގޮތުގައި މިނިސްޓަރު ފާހަގަކުރެއްވިއެވެ.

މިނިސްޓަރު އިތުރަށް ވިދާޅުވީ ބޯޑަރު ހުޅުވާލިތާ 20 ހަފްތާ ތެރޭ ދުވާލެއްގެ މައްޗަށް އަންނަ ފަތުރުވެރިންގެ އަދަދު ސުމަކުން 3000 އަށް ގެންދެވުމަކީ ވަރަށް ބޮޑު ކާމިޔާބީއެއް ކަމަށާއި އެ ކާމިޔާބީ ހާސިލު ކުރެވުނީތީ އިންޑަސްޓްރީގެ ފަރާތްތަކާއި، ކަމާއި ގުޅުން ހުރި ހުރިހާ ފަރާތްތަކަކަށް ޝުކުރު އަދާކުރައްވާ ކަމަށެވެ.

ކޮވިޑް-19 އާ ގުޅިގެން ރާއްޖޭގެ ބޯޑަރުތައް ބަންދުކުރުމަށް ފަހު 110 ދުވަހަށް ފަހު ބޯޑަރު އަލުން ހުޅުވާފައިވަނީ ޖުލައި މަހުގެ 15 ވަަނަ ދުވަހުއެވެ.

 

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!