ޚަބަރު

ދައުލަތުގެ ދަރަނި 57.3 ބިލިއަން ރުފިޔާއަށް އިތުރުވެއްޖެ

ޢާއިޝަތު ނުޒުހާ ، ދެން އޮންލައިން

މިއަހަރުގެ ދެވަނަ ކުއާޓާ ނިމުނުއިރު ދައުލަތުގެ ދަރަނި 57.3 ބިލިއަން ރުފިޔާއަށް އިތުރުވެއްޖެއެވެ.

Ads by Sosun Fihaara

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ އެންމެ ފަހުގެ ތަފާސް ހިސާބުތަކަށް ބަލާއިރު، ގެރެންޓީޑް ޑެބްޓް ނުލައި، ދައުލަތުގެ ދަރަނި ވަނީ 57.3 ބިލިއަން ރުފިޔާއަށް އިތުރު ވެފައެވެ. މިއީ މިއަހަރުގެ ފުރަތަމަ ކުއާޓަރާއި ބަލާއިރު 3 އިންސައްތަ އިތުރު ވުމެކެވެ.

މިއީ ޖީޑީޕީގެ ނިސްބަތުން ބަލާއިރު 98.9 އިންސައްތައިގެ އިތުރު ވުމެކެވެ.

ދައުލަތުގެ ދަރަނި އިތުރުވެފައިވާއިރު، ދައުލަތަށް ލިބުނު އާމްދަނީ ވެސް ވަނީ ވަރަށް ބޮޑަށް ދަށްވެފައެވެ. އެގޮތުން ސެޕްޓެމްބަރު މަހު ދައުލަތަށް ލިބުނު އާމްދަނީ ވަނީ 48 އިންސައްތަ ދަށް ވެފައެވެ.

އާމްދަނީ ދަށްވި އެންމެ ބޮޑު ސަބަބަކީ ޓެކުހުގެ ގޮތުގައި ލިބުނު އާމްދަނީ ދަށްވުން ކަމަށްވާއިރު، ޓެކްސް ރެވެނިއު، 275.9 މިލިއަން ރުފިޔާއިން ވަނީ ދަށް ވެފައެވެ. އަދި ނޮން ޓެކްސް ރެވެނިއު ވަނީ 552.7 މިލިއަން ރުފިޔާއިން ދަށް ވެފަައެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!