"ޔާމީން ޖަލަށް ލީ އެމަނިކުފާނު މިނިވަންކަމާއެކު ހުންނަވައިފިނަމަ ސަރުކާރަށް ޕްރެޝަރ ބޮޑުވެދާނެތީ ބިރުން"
ނުހައްގުން ކުރީގެ ރައީސް އަބްދޫﷲ ޔާމީން ޖަލަށް ލީ އެމަނިކުފާނު މިނިވަންކަމާއެކު ހުންނަވައިފިނަމަ ސަރުކާރަށް ޕްރެޝަރ ބޮޑުވެދާނެތީ ބިރުން ކަމަށް މަޑުއްވަރީ ދާއިރާގެ މެމްބަރު އަދި ޕީއެންސީގެ ނައިބް ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެއެވެ.
އާދަމް ޝަރީފް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރައީސް ޔާމީންގެ އެއްވެސް ހިޔާނާތެއް ސާބިތު ނުވީމާ ޖަލަށް ލީ ނުފޫޒު ފޯރުވައިގެން ކަމަށެވެ.
"އަޑީގައި ތިބީ ސަރުކާރު ހިންގާ ކޯލިޝަންގެ ލީޑަރުން." އާދަމް ޝަރީފް ވިދާޅުވިއެވެ.
Nuhaqqun RY jalah laafai evanee emanikufaanu minivankamaaeku hunnavaifinama sarukaarah pressure boduvedhaanethee birun. RY ge evves khiyaanaatheh saabithu nuveemaa, jalah lee nufoozu foaruvaigen. Adeegai thibee sarukaaru hingaa coalition ge leaders!
— Adam Shareef Umar (@Adamshareefz) May 17, 2020
އެމްއެމްޕީއާރްސީ މެދުވެރިކޮށް، ގއ. ވޮޑަމުލާ ދޫކޮށްގެން ދައުލަތަށް ލިބެން ޖެހޭ އެއް މިލިއަން ޑޮލަރު އަމިއްލަފުޅު އެކައުންޓަށް ޖަމާކޮށް އެ ފައިސާ ލޯންޑާ ކުރި ކަމުގެ ދައުވާގެ ކުށް ސާބިތުވެ ޔާމީނަށް ފަސް އަހަރު ދުވަހުގެ ޖަލު ހުކުމެއް ކްރިމިނަލް ކޯޓުން އިއްވީ މިދިޔަ އަހަރުގެ ފަހުކޮޅުއެވެ.
ފަސް އަހަރަށް ޖަލަށްލުމުގެ އިތުރުން ފަސް މިލިއަން ޑޮލަރުން ޔާމީން ޖޫރިމަނާ ކުރަން ވެސް ކޯޓުން ވަނީ ހުކުމްކޮށްފައެވެ. އަދި އެ ފައިސާ ހަ މަސް ދުވަހުގެ ތެރޭގައި ދައްކަން ވަނީ އަންގާފައެވެ.
ޔާމީންގެ ފަރާތްޕުޅުން އެ ހުކުމް ވަނީ ހައިކޯޓުގައި އިސްތިއުނާފްކޮށްފައެވެ.