ޚަބަރު

ކޮވިޑް-19: ހާލަތު ގޯސްވެދާނެތީ ތާޖުއްދީން އަދި ހިރިޔާ ސްކޫލް ވަގުތީ އައިސޮލޭޝަން ފެސިލިޓީއަކަށް

ދެން އެމްވީ ، ދެން އޮންލައިން

މި މަހުގެ ފަހު ކޮޅު ކޮވިޑްގެ ބޮޑު ސާޖެއް އައިސްދާނެ ކަމަށް ލަފާ ކުރެވޭތީ ތާޖުއްދީން އަދި ހިރިޔާ ސްކޫލް ވަގުތީ އައިސޮލޭޝަން ފެސިލިޓީއެއްގެ ގޮތުގައި ހަމަޖެއްސުމުގެ މަސައްކަތް ފަށައިފިއެވެ.

Ads by STELCO

މިމައްސަކަތަކީ ނޭޝަނަލް އެމަޖެންސީ އޮޕަރޭޝަންސް ސެންޓަރުގެ ޓާސްކްފޯސް އާއި ހައުސިން މިނިސްޓްރީ އަދި މާލޭ ސިޓީ ކައުންސިލާއި ކަމާބެހޭ މުއައްސަސަތާ ގުޅިގެން ކުރަމުން އަންނަ މަސައްކަތެކެވެ.

މާލޭ ސިޓީ ކައުންސިލުން ބުނީ ޑިސްއިންފެކްޝަން ޓީމާއި ގުޅިގެން މިހާރު މިދެސްކޫލްވެސް ޑިސްއިންފެކްޓް ކުރެވިފައިވާކަމަށެވެ.

މި ދެ ފެސިލިޓީގައިވެސް ފެންވެރޭނެ އިންތިޒާމްވެސް މިހާރުވަނީ ހަމަޖައްސާފައިވާއިރު މީގެ ކުރިން މި ދެ ސްކޫލް ބޭނުންކޮށްފައިވަނީ ވަގުތީ ހިޔަލެއްގެ ގޮތުގައެވެ. ނަމަވެސް އެ ދެ ސްކޫލްގައި ތިބި ފަރާތްތައް މިހާރު ވަނީ އިމާދުއްދީން ސްކޫލަށް ބަދަލުކޮށްފައެވެ.

މީގެ ކުރިން އެންއީއޯސީން ހާމަކުރި ތަފާސްހިސާބުތަކުގައިވާ ގޮތުގައި މި މަހުގެ 31 ވަނަ ދުވަހަކީ ކޮވިޑް-19 ޖެހިފައިވާ އެންމެ ގިނަ މީހުން ރިޕޯޓް ކުރެވޭނެ ދުވަހެވެ. އެގޮތުން އެ ދުވަހު 1562 ކޭސް ފެންނާނެ ކަމަށް ބެލެވުނަސް ޓެސްޓު ކުރަން މިހާރު ހުރި ވަސީލަތްތަކާއެކު އަސްލު ދެނެގަނެވޭނީ، ދުވާލަކަށް 390 ކޭސްކަމަށް ޑޮކްޓަރުން ވަނީ ލަފާކޮށްފަ އެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!