ލައިފްސްޓައިލް

ސަންދޯއް އުފުލާ ގްރޫޕުގެ އިންޒާރު: ގޭގައި ތިބޭ ނޫނީ އަހަރެމެންނާއެކު ނަށަން ތައްޔާރުވޭ!

ދެން އެމްވީ ، ދެން އޮންލައިން

ކޮފިން ޑާންސަރުން ނުވަތަ ސަންދޯން އުފުލާ މީހުންގެ ވީޑިއޯ ސޯޝަލް މީޑިއާގައި ދަނީ ވައިރަލް ވަމުންނެވެ. ދިވެހިންގެ ތެރޭގައި ވެސް އެމީހުންގެ ވީޑިއޯތަކަށް ބޮޑު ސަމާލުކަމެއް ދަނީ ލިބެމުންނެވެ. އެ މީހުން ސަންދޯއް ގެންދާއިރު ނަށާފައި ދާ ވިޑިއޯތައް ވަނީ ދުނިޔޭގެ ވެސް ސަމާލުކަމަށް އައިސްފައެވެ.

Ads by Sosun Fihaara

ކޮވިޑް-19އާ ގުޅިގެން އެ ގްރޫޕުން މިވަނީ އާ ވީޑިއޯއެއް އާންމުކޮށްފައެވެ. އެ ވީޑިއޯގައި އެމީހުން ބުނެފައި ވަނީ ޑޮކްޓަރުންނާއި ސިއްހީ ހިދުމަތްތެރިންނަށް ޝުކުރު އަދާކުރާ ކަމަށާއި އެ ފަރާތްތަކުން އެންމެންގެ ފުރާނަ ސަލާމަތް ކުރަމަށްޓަކައި އެދަނީ ބުރަ މަސައްކަތްތަކެއް ކުރަމުން ކަމަށެވެ.

ނަމަވެސް ދެން އެ މީހުން ދީފައިވަނީ އިންޒާރެކެވެ. އެއީ ގޭގައި ތިބުމަށެވެ. ނޫން ނަމަ އަންނަންޖެހޭނީ އެމީހުން ކައިރިއަށް ސަންދޯކާއެކު ނަށަން ކަމަށް ބުނެފައިވެއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!