ޚަބަރު

ފުނަދޫ ރައްޔިތުންގެ ދީލަތި އެހީ ނަރުދޫއަށް: ރީތި މިސާލެއް!

ދެން އެމްވީ ، ދެން އޮންލައިން

ށ. ފުނަދޫގެ ރައްޔިތުންގެ ފަރާތުން އެ އަތޮޅު ނަރުދޫގެ ރައްޔިތުންނަށް އެހީގެ ތަކެތި ފޮނުވައި މިސާލު ދައްކަދައިފިއެވެ.

އެގޮތުން ފުނަދޫ ރައްޔިތުން ފޮނުވި ތަކެތީގެ ތެރޭގައި ނޫޑުލިސް ކޭސް، ފެން ކޭސް އަދި ކެއުން ބުއިމަށް ބޭނުން ކުރާ ގިނަ އަދަދެއްގެ ތަކެތި ވަނީ ފޮނުވާފައެވެ. މިތަކެތި މިއަދުގެ ވަގުތެއްގައި ވަނީ އެ ރަށަށް ފޮނުވާފައެވެ.

ރާއްޖޭގައި ހަލުވިކަމާއި އެކު ފެތުރެމުންދާ ކޮވިޑް-19 ފެތުރުން ހުއްޓުވުމުގެ ގޮތުން ހުރިހާ ސަރަހައްދެއްގައި އަންނަނީ ކަރަންޓީން ފެސިލިޓީތައް ގާއިމް ކުރަމުންނެވެ.

އާންމު ގޮތެއްގައި ކަރަންޓީން ފެސިލިޓީތަކުގެ ގޮތުގައި ހަމަަޖައްސަނީ ރިސޯޓްތަކެވެ. އެއާއި އެކު އެ ރިސޯޓްތައް ކައިރީގައި ހުރި ރަށްތަކުން މީގެ ކުރިން ވެސް ވަނީ ރޯދަ ވީއްލުމުގެ އިތުރުން އެހެނިހެން އެހީތެރިކަން ފޯރުކޮށްދީ ކަރަންޓީންގައި ތިބި ފަރާތްތަކާއި އެކުގައިވާކަން ހާމަ ކޮށްދީފަ އެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!