ޚަބަރު

23 ފުލުހަކު ކޮވިޑަށް ފައްސިވެފައިވޭ: ސީޕީ ހަމީދު

ދެން އެމްވީ ، ދެން އޮންލައިން

23 ފުލުހަކު ކޮވިޑް-19 އަށް ފައްސިވެފައިވާ ކަމަށް ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު ހާމަކުރައްވައިފިއެވެ.

Ads by STELCO

ސީޕީ ހަމީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ފައްސިވި 23 އޮފިސަރުންނާއި މިއަދު ވާހަކަދައްކާފައިވާ ކަމަށާއި ހުރިހާ އެންމެންގެ ހާލުވެސް ރަނގަޅު ކަމަށެވެ.

ފައްސިވި މީހުންނާ ގުޅިގެން ފުލުހުންގެ 239 އޮފިސަރަކާއި ސްޓާފެއް އައިސޮލޭޓްކޮށްފައިވާ ކަމަށްވެސް ސީޕީ ވިދާޅުވިއެވެ.

23 ފުލުހަކަށް ކޮވިޑް ޖެހިފައިވާއިރު، ސިފައިންގެ ތެރެއިން ވެސް ބަޔަކު ވަނީ މި ބައްޔަށް ފައްސި ވެފައެވެ.

ރާއްޖެއިން މިހާތަނަށް 1078 މީހުން ކޮވިޑަށް ޕޮޒިޓިވް ވެފައިވާއިރު، ބަލި ޖެހުނު މީހުންގެ ތެރެއިން 59 މީހަކު ވަނީ ބަލިން ރަނގަޅުވެފައެވެ. އަދި ހަތަރު މީހަކު ވަނީ މަރުވެފައެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!