ލޮކްޑައުން ގައި ވިރާޓް އުޅެނީ އަނބިމީހާ އާއެކު ކްރިކެޓް ކުޅެން
ލޮކްޑައުން އާއެކު ގިނަ ބައެއްގެ ދިރިއުޅުމަށް ވަނީ ވަރަށް ބޮޑަށް އަސަރުކޮށްފައެވެ. އަބަދު ގޭގައި ތިބެން ޖެހި ގިނަ ބަޔަކު އަންނަނީ އެކި އެކި ކަންތައްތައް ކުރަމުންެނެވެ.
އެގޮތުން ދާދި ފަހުން މީސް މީޑިއާ ގައި ވަނީ އިންޑިއާގެ މަޝްހޫރު ކްރިކެޓް ކުޅުންތެރިޔާ ވިިރާޓް ކޯލީ، އޭނާގެ އަންހެނުން އަނުޝްކާ ޝަރްމާ އާއެކު ގޭގެ ޓެރަސް ގައި ކްރިކެޓް ކުޅޭ ވީޑިއޯއެއް އާންމުވެފައެވެ.
ވީޑިއޯ އިން ފެންނަނީ އަނުޝްކާ ބެޓްކުރަމުން އަންނަ އިރު ވިރާޓް ބޯލް ކުރާ މަންޒަރެވެ. މި ވީޑިއޯ ނަގައި މީސް މީޑިއާ ގައި އާންމުކޮށްފައިވަނީ އެގެ ކައިރީގައި އުޅޭ އެހެން މީހެއް ކަމަށް ބެލެވެއެވެ.
މި ވީޑިއޯ އާންމުވުމާއެކު ގިނަ ބަޔަކު ވަނީ ވިރާޓް އާއި އަނުޝްކާ ޖޯޑަށް ވަރަށް ބޮޑަށް ތައުރީފްކޮށްފައެވެ. ނަމަވެސް ވިރާޓް އާއި އަނުޝްކާ ދިރިއުޅޭ ގެ ކުޑަ ކަމަށް ބުނެ ބައެއް ފަރާތްތަކުން އެކަމަށް ފާޑުވެސް ކިޔާފައިވެއެވެ.