އިތުރު 4 ދިވެހިން ކޮވިޑް19 އަށް ފައްސިވެއްޖެ
ރާއްޖޭގައި އިތުރު 4 ދިވެހިން ކޮވިޑް19 އަށް ފައްސިވެއްޖެއެވެ. އެއާއެކު ރާއްޖެއިން ފައްސިވި ދިވެހިންގެ އަދަދަު ވަނީ 388 އަށް އަރާފައެވެ.
އެޗްޕީއޭ އިން ދާދި ދެންމެއަކު ކުރި ޓްވީޓެއްގައި ބުނެފައިވަނީ މިރޭ 12:45 އާ ހަމައަށް ރާއްޖެއިން އިތުރު 4 ދިވެހިން ފައްސިވެފައިވާ ކަމަށެވެ. މި ހަތަރު މީހުންގެ އިތުރު މައުލޫމާތެއް އަދި އެޗްޕީއޭ އިން ހާމަކޮށްފައެއްނުވެއެވެ.
✳️ COVID-19 Case Updates
As of 12:45am:
Confirmed an additional 04 cases of COVID-19 infection in Maldives.
Cases:
- 04 MaldiviansTotal number of cases: 1,094
— Health Protection Agency (@HPA_MV) May 17, 2020
އެއާއެކު ރާއްޖޭގައި ކޮވިޑް19 ޖެހުނު މީހުންގެ އަދަދު ވަނީ 1094 އަށް އަރާފައެވެ.
ރާއްޖެއިން ބަލި ޖެހުނު 59 މީހަކަށް ބަލިން ޝިފާ ލިބިފައިވާއިރު މި ބަލީގައި 4 މީހަކު ވަނީ ނިޔާވެފައެވެ.