ލައިފްސްޓައިލް

ރެސިޕީ: މެންގޯ އަޕްސައިޑް ޑައުން ކޭކް

ދެން އެމްވީ ، ދެން އޮންލައިން

ބޭނުންވާ ތަކެތި:

Ads by STELCO

300 ގ. ފުށް

250 ގ. ހަކުރު

4 ބިސް

300 ގ. މާޖިރިން

2 ސައި ސަމްސާ ބޭކިން ޕައުޑަރ

2 މޭޒުމަތީ ސަމްސާ ހިކިކިރު

1 ސައި ސަމްސާ ވެނީލާ އެސެންސް

1 އަނބު ( މިކްސަރުން ގިރާފައި)

3 އަނބު ( ފޮތި ފޮތިކޮށް ކޮށާފައި)

¼ ޖޯޑު ބަޓަރު ނުވަތަ މާޖިރިން (ދިޔާކޮށްފައި)

1 ޖޯޑު ބްރައުން ޝުގަރ

ކުޑަ ބަޓަރުކޮޅެއް (ޓްރޭގައި ހޭކުމަށް)

ތައްޔާރުކުރާނެ ގޮތް

ހަކުރު، ބިސް އަދި މާޖިރިން ރަނގަޅަށް ގިރާ އެއްކުރުމަށްފަހު އަނބު ޖޫސްކޮޅާއި އަދި އެސެންސް އެޅުމަށްފަހު މަޑުމަޑުން އެއްކޮށްލާށެވެ.

ދެން ފުށްކޮޅު ބޭކިންޕައުޑަރާއެކު ފުރާނާލުމަށްފަހު ކުރިން ގިރި މިކްސްގެ ތެރެއަށް އަޅާލުމަށްފަހު އެއްކޮށްލާށެވެ.

ދެން ކޭކް އެޅުމަށް ހިޔާރުކުރާ ޓްރޭގެ (ވަށް ނުވަތަ ހަތަރެސްކަން ވިޔަސް ރަނގަޅުވާނެ) ވަށައިގެން ބަޓަރު ހޭކުމަށްފަހު، ދިޔާކޮށްފައި ހުރި ބަޓަރުކޮޅު އަޅާލާށެވެ. އެއަށްފަހު ބްރައުން ޝުގަރ ބަޓަރު ލޭޔާރު މައްޗަށް ބުރުއްސާލާށެވެ. ބަޓަރު ލޭޔަރު ފޮރުވެންދެން ބްރައުން ޝުގަރ އަޅަން ވާނެއެވެ.

އެއަށް ފަހު ކޮށާފައި ހުރި އަނބު ފޮތިތައް ޓްރޭ ގައި ރީތިކޮށް އަތުރާލާށެވެ.

ދެން ކުރިން ގިރި ކޭކް ފުއްގަނޑު ޓްރޭއަށް އޮައްސާލާށެވެ.

އަވަން 200 ޑިގްރީ ސެލްސިއަސްގައި 40 މިނެޓަށް ޖެއްސުމަށްފަހު ކޭކް ފިހެލާށެވެ.

ކޭކް ފިހުނުކަން ޔަގީން ކުރުމަށް ކުޑަ އިލޮށިކޮޅެއް ކޭކްގެ މެދަށް ކޮއްޕާލުމަށްފަހު ނަގާށެވެ. އިލޮށީގައި ހޭކިފައި ނެތްނަމަ އެ ފިހެވުނީއެވެ. އަވަނުން ކޭކް ނެގުމައްފަހު ހޫނުކަން ހުއްޓައި ޓްރޭއިން ކޭކު ނެއްޓުމަށް ކޭކުގެ ވަށައިގެން ވަޅި ހިންގާލާށެވެ.

އެއައްފަހު ޓްރޭ ފޮރުވޭ ވަރުގެ ތައްޓެއް ނުފުށަށް ޓްރޭމަތީގައި އެޅުމަށްފަހު، ޓްރޭ އަނެއްފުށަށް ޖަހާލާށެވެ. ހަކުރުކޮޅު ފައިބަންދެން ޓްރޭ ނުނަގައި 5 ވަރަކަށް މިނެޓުވަންދެން ބަހައްޓަންވާނެއެވެ. ކުޑަކޮށް ހިހޫވުމުން އެހެރީ ކެއުމަށް ތައްޔާރުވެފައެވެެ. ފްރިޖްގައި ބަހައްޓާނަމަ މަތި ޖެހުމަށްފަހު ލާށެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!