ޚަބަރު

ކުޅުދުއްފުށީ ސިޓީގެ ދާއިރާތައް ކަނޑައަޅައިފި

ދެން އެމްވީ ، ދެން އޮންލައިން

އަންނަ އެޕްރީލް މަހު ބާއްވާ ލޯކަލް ކައުންސިލް އިންތިހާބަށް ކުޅުދުއްފުށީ ސިޓީގެ އިންތިހާބީ ހަ ދާއިރާ އާއި އަންހެން މެމްބަރުން އިންތިހާބު ކުރާނެ ދެ ދާއިރާ ގުރުއަތުން ހޮވައިފި އެވެ.

Ads by MWSC

އިލެކްޝަންސް ކޮމިޝަނުން ވަނީ ކުޅުދުއްފުށީގައި މިރޭ ރަސްމިއްޔާތެއް ބާއްވާ އެ ސިޓީގެ ހަ ދާއިރާ ކަނޑައަޅައި އަންހެން މެމްބަރުން އިންތިހާބު ކުރާ ދެ ދާއިރާ ގުރުއަތުން ހޮވައިފަ އެވެ. އެގޮތުން، އެ ހަ ދާއިރާގެ ތެރެއިން އަންހެން މެމްބަރުން ހޮވާ ދެ ދާއިރާގެ ގޮތުގައި ހޮވީ މެދު އުތުރު ދާއިރާ އާއި މެދު ދެކުނު ދާއިރާ އެވެ.

ކުޅުދުއްފުށީގެ ހަ ދާއިރާ

ކުޅުދުއްފުށި އުތުރު ދާއިރާ: އާބާދީ - 1678 މީހުން

ކުޅުދުއްފުށި ހުޅަނގު އުތުރު ދާއިރާ: އާބާދީ - 1665 މީހުން

ކުޅުދުއްފުށި މެދު އުތުރު ދާއިރާ: އާބާދީ - 1752 މީހުން

ކުޅުދުއްފުށި މެދު ދެކުނު ދާއިރާ: އާބާދީ - 1732 މީހުން

ކުޅުދުއްފުށި ހުޅަނގު ދެކުނު ދާއިރާ: އާބާދީ - 1736 މީހުން

ކުޅުދުއްފުށި އިރު ދެކުުނު ދާއިރާ: އާބާދީ - 1647

އަންނަ އޭޕްރީލް މަހުގެ ހަތަރުވަނަ ދުވަހު ބާއްވާ ކައުންސިލް އިންތިހާބުގައި ހަތަރު ސިޓީއަކަށް މެންބަރުން އިންތިހާބު ކުރާއިރު އައްޑޫ ސިޓީ، ފުވައްމުލަށް ސިޓީ އަދި މާލެ ސިޓީގެ ދާއިރާތަކާއި، އަންހެނުންނަށް ހާއްސަ ގޮނޑިތައް މިހާރު އިލެކްޝަންސް ކޮމިޝަނުން ވަނީ ކަނޑައަޅާފަ އެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!