ލައިފްސްޓައިލް

ކުޅި ނޫޑްލްސް ތައްޓެއް 3 މިނެޓް ތެރޭގައި ހުސްކޮށްގެން ޔުނާން 10،000 ރުފިޔާ ހޯދައިފި

ދެން އެމްވީ ، ދެން އޮންލައިން

މަޝްހޫރު ފިލްު ޑައިރެކްޓަރު ފާތުމަތު ނަހުލާގެ "ބޮސް" ފިލްމް އިން ފިލްމީ ދާއިރާއަށް ތަޢާރަފުވި ޔުނާން، ތިން މިނެޓް ތެރޭގައި ކުޅި ކަޕްނޫޑްލްސް ތައްޓެއް ހުސްކޮށްގެން 10،000 ރުފިޔާ ހޯދައިފިއެވެ.

Ads by Sosun Fihaara

މާލެ ލޮކްޑައުންގައި އޮތް އިރު ފޫހިފިލުވަން ޔޫނާންގެ އަންހެނުން، ރުހޫއާ ދެ މީހުން ކުރި ޗެލެންޖެއްގައި އިނާމަކަށް ހުށައެޅީ 10،000 ރުފިޔާއެވެ. މި ޗެލެންޖް ފުރިހަމަ ކުރާ ވީޑިއޯއަށް މީސް މީޑިއާގައި ގިނަ ބަޔެއްގެ ސަމާލުކަން ވަނީ ލިބިފައެވެ.

މި ޗެލެންޖަކީ ރިހޫ އަދި ޔުނާންގެ އާއިލާ މެމްބަރަކު މި ދެމީހުންނަށް ކުރަން ޖައްސާ ކަމެކެވެ. އެ ޗެލެންޖަކީ، ރިޙޫ އަދި ޔުނާން އަށް ވަރަށް ކުޅި ކަޕް ނޫޑުލްސް ތައްޓެއް 3 މިނެޓު ތެރޭ ހުސްކުރުމެވެ. އަދި އެންމެ އަވަހަށް ހުސްކުރާ މީހަކަށް ކޭޝް ކާޑު ދައްކާލުމަށްފަހު 10000 ރުފިޔާ ދޭނެކަމަށް އާއިލާ މެމްބަރު ބުނެއެވެ. ވަކި ހިސާބަކުން، ރިހޫ އެކަން ނުވެގެން ހުއްްޓާލާއިރު، ވަރަށް ކުޅި މި ކަޕްނޫޑްލްސް ތަށި ވަރަށް ހާލުން ހުސްކުރަނީ ޔުނާން އެވެ.

ޔުނާން އާއި ރިހޫ މީސް މީޑިއާގައި ވަރަށް އެކްޓިވް "ކަޕަލް" އެކެވެ. އެގޮތުން މި ދެމީހުން އެކަކު އަނެކަކަށް ކުރަން ޖައްސާ ކަންތައްތަކުގެ ވީޑިއޯތަކާއި ޔުނާންއަށް އެކި ކަހަލަ މަޖާ ޗެލެންޖްތައް ޖައްސާ ވީޑިއޯތައް ރިހޫ އޭނަގެ ފޭސްބުކްގައި ދަނީ އާންމު ކުރަމުންނެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!