މަދު ގްރާމް ކޮޅެއްގެ މަސްތުވާތަކެތި ފެނިގެން ބޮޑެތި ހުކުމްތަކެއް އިއްވާފައިވާ މީހުންނަށް ލުއި ލިބެން ޖެހޭ: ނަޝީދު
މަސްތުވާތަކެތީގެ ކުރީގެ ގާނޫނުގެ ދަށުން މަދު ގްރާމް ކޮޅެއްގެ މަސްތުވާތަކެތި ފެނިގެން ބޮޑެތި ހުކުމްތަކެއް އިއްވާފައިވާ މީހުންނަށް ލުއި ލިބެން ޖެހޭނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
ނަޝީދު މިހެން ވިދާޅުވެފައިވަނީ މަޖިލީހުގެ ރައީސާ ސުވާލު ކުރެއްވުމަށް ހުޅުވާލި ފުރުސަތުގައި އާންމު ރައްޔިތަކު ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުންނެވެ.
މަސްތުވާތަކެތީގެ ކުރީގެ ގާނޫނުގެ ދަށުން ހަތަރު ގްރާމްގެ މަސްތުވާތަކެތި ފެނިގެން ވެސް ބޮޑެތި ހުކުމްތައް ކޮށްފައިވާ ކަމަށާއި އައު ގާނޫނުގެ ދަށުން އެފަދަ ބޮޑެތި ހުކުމްތައް އިއްވުން ހުއްޓާލާފައިވާއިރު ކުރިން އިއްވި ބޮޑެތި ހުކުމްތަކަށް ލުއި ލިބެން ޖެހޭނެ ކަަމަށް ގަބޫލުކުރަންތޯ އާންމުންގެ މީހަކު ވަނީ ސުވާލު ކޮށްފައެވެ.
މި ސުވާލުގެ ޖަވާބުގައި ނަޝީދު ވިދާޅުވީ މަސްތުވާތަކެތީގެ ކުރީގެ ގާނޫނުގެ ދަށުން މަދު ގްރާމް ކޮޅެއްގެ މަސްތުވާތަކެތި ފެނިގެން ބޮޑެތި ހުކުމްތަކެއް އިއްވާފައިވާ އެތައް ބަޔަކު ޖަލުގައި އެބަތިބި ކަމަށާއި ނަމަވެސް މިހާރު އަމަލު ކުރަމުންދާ ގާނޫނުގެ ދަށުން މަދު ގްރާމް ކޮޅެއްގެ މަސްތުވާތަކެތި ފެނިގެން ބޮޑެތި ހުކުމް ކުރަމުން ނުދާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
"އަޅުގަނޑު ހިތުން ކުރީ ގާނޫނުގެ ދަށުން ހަތަރު ގްރާމުގެ ސަބަބުން އިއްވާފައިވާ ބޮޑު ހުކުމް މިހާރުގެ ގާނޫނުގެ ދަށުން މިހާރަކު ނީއްވާ އެވަރަކަށް. އެހެންވީމަ ކުރީގެ މީހުންނަށް އެ ލުއި ލިބޭނެތޯ ހޯދައި ދެވޭނެތޯ، އަޅުގަނޑު ދެކޭގޮތުގައި ލިބެން ޖެހޭނެ،" ނަޝީދު ވިދާޅުވިއެވެ.
ނަޝީދު ވިދާޅުވީ އެމަނިކުފާނު ގަބޫލުކުރައްވާ ގޮތުގައި އާ ގާނޫނާއެކު ކުރިން ބޮޑެތި ހުކުމް އިއްވާފައިވާ މީހުންނަށް ލުއި ގޮތްތަކެއް ހޯދޭނެ ކަމަށެވެ.
މަދ ގްރާމ އެކ އަތުވުމެއ ނޫނ، އޭނަގ ފަރާތުނ ކިތައ މީހުނަށ އެކަމުގ ނޭދެވ އަސަރުކޮށ ދިރިއުޅުނ ހަލާކުވ