ޚަބަރު

ﷲ އަށް ޙަމްދުހުރި: އައިޖީއެމްއެޗް ވެންޓިލޭޓަރުގައި ފަރުވާދެމުން ދިޔަ އެންމެން ވޯޑަށް ބަަލުކޮށްފި

ދެން އެމްވީ ، ދެން އޮންލައިން

ކޮވިޑް-19 ޖެހިގެން ހާލު ސީރިޔަސްވެ، އައިޖީއެމްއެޗްގެ ވެންޓިލޭޓަރުގައި ފަރުވާދެމުން ދިޔަ އެންމެން ވޯޑަށް ބަދަލުކޮށްފިއެވެ.

Ads by Sosun Fihaara

އައިޖީއެމްއެޗްގައި ފަރުވާދެމުން ގެންދާ މީހުންގެ ހާލަތާއި ގުޅޭގޮތުން ހެލްތް މިނިސްޓަރ އަބްދުﷲ އަމީން ވިދާޅުވީ އެ އެންމެންނަކީވެސް ހާލު ސީރިޔަސްވެ، ވެންޓިލޭޓަރުގައި ފަރުވާދެމުންދާ މީހުން ކަމަށެވެ. އަދި އެންމެންގެ ހާލުވެސް ރަނގަޅުވުމާއެކު މިހާރު ވޯޑަށް ބަދަލުކޮށްފައިވާ ކަމަށެވެ.

"މިވަގުތު އިރާދަކުރެއްވިޔާ އައިޖީއެމްއެޗްގެ ވެންޓިލޭޓަރުގައި ފަރުވާދެމުންދާ މީހުންގެ ހާލު ރަނގަޅު. އެންމެވެސް މިހާރުވަނީ ވޯޑަށް ބަދަލުކުރެވިފަ. ބަލީގައި ފަރުވާދެމުންދާ މީހުންނަށް ވަރަށް ކައިރިން ދަނީ ފަރުވާދެމުން. މިއީ މިމަސައްކަތުގައި ހަރަކާތްތެރިވާ އެންމެމްނަށް ލިބޭ ވަރަށްބޮޑު ހިތްހަމަޖެހުމެއް" ހެލްތް މިނިސްޓަރ އަބްދުﷲ އަމީން ވިދާޅުވިއެވެ.

ރާއްޖެއިން ކޮވިޑް-19 އަށް ފައްސިވެ، ހާލު ސީރިޔަސްވުމުގެ ސަބަބުން ހޮސްޕިޓަލުގައި ފަރުވާދެމުން ދަނީ މިހާރު 10 މީހުންނަށެވެ. އޭގެ ތެރޭގައި ހިމެނެނީ ތަފާތުއެކި ބަލިތަކުގައި މީގެކުރިންވެސް ފަރުވާ ހޯދަމުންދިޔަ މީހުންނާއި، އުމުރުން ދުވަސްވީ މީހުންނެވެ. ކޯވިޑް-19އަށް ޕޮޒިޓިވްވެ ހާލަތު ގޯސްވާ މީހުންނަށް ފަރުވާދެމުންދަނީ އައިޖީއެމްއެޗާއި، ޓްރީޓޮޕް ހޮސްޕިޓަލުގައެވެ. މި ދެ ހޮސްޕިޓަލުގައިވެސް ފަރުވާދޭ މީހުންގެ ހާލަތު ރަނގަޅުކަމަށް ނޭޝަނަލް އެމެޖެންސީ އޮޕަރޭޝަން ސެންޓަރުން ވިދާޅުވިއެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!