ޚަބަރު

އެމްޑީޕީގެ ޓިކެޓް ހޯދަން 1400 އަށްވުރެ ގިނަ ފޯމް

ދެން އެމްވީ ، ދެން އޮންލައިން

ލޯކަލް ކައުންސިލް އިންތިހާބުގައި އެމްޑީޕީގެ ޓިކެޓަށް އެދި، ޕްރައިމަރީގައި ވާދަ ކުރަން 1400 އަށް ވުރެ ގިނަ މެންބަރުން ފޯމް ހުށައަޅާފައިވާ ކަމަށް އެމްޑީޕީން ބުނެފި އެވެ.

Ads by Sosun Fihaara

އެމްޑީޕީގެ ށެވެ.

އެމްޑީޕީގެ އިންތިހާބީ ކޮމެޓީގެ ނައިބު މުގައްރިރު އަދި މަޖިލިސް މެންބަރު އިބްރާހީމް މުއިއްޒު މިރޭ ވިދާޅުވީ ޕްރައިމަރީގައި ވާދަ ކުރަން ފޯމް ހުށައެޅުމުގެ ފުުރުސަތު ބަންދުވީ މިރޭ 9:00 ގައި ބަންދުވިއިރު، ޕްރައިމަރީގައި ވާދަކުރަން 1400 އަށް ވުރެ ގިނަ މެންބަރުން ފޯމް ހުށައަޅާފައިވާ ކަމަށެވެ.

އޭނާ ވިދާޅުވީ މިމަހުގެ 31 ވަނަ ދުވަހު ބާއްވާ ޕްރައިމަރީގައި ވާދަކުރާ ކެންޑިޑޭޓުންގެ ލިސްޓް އަންނަ ހޯމަ ދުވަހު އާންމު ކުރާނެ ކަމަށެވެ.

އެމްޑީޕީގެ ޕްރައިމަރީގައި ބައެއް ދާއިރާތަކުގެ ޓިކެޓް ހޯދަން ބޮޑު ވާދަވެރި ކަމެއް އެބައޮތެވެ. ހާއްސަކޮށް މާލެ ސިޓީ އާއި އައްޑޫ ސިޓީ އަދި ފުވައްމުލައް ސިޓީގެ މޭޔަރު ކަމުގެ މަގާމަށް ގިނަ މެންބަރުންތަކެއް ވާދަ ކުރެއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!