Wednesday, 28 October 2026
Advertisement
HDC — Share-Below (leaderboard)
ޚަބަރު

ބޯކޮށް ވާރޭވެހި މާލޭގައި ފެންބޮޑުވެއްޖެ

ބޯކޮށް ވާރޭވެހި ވެރިރަށް މާލޭގެ ބޮޑުބައެއްގައި ފެންބޮޑުވެއްޖެ އެވެ.

އެމްއެންޑީއެފް އިން ބުނީ މާލެ އަށް ބޯކޮށް ވާރޭވެހި ބައެއް ސަރަހައްދުތަކުގައި ފެންބޮޑުވުމާއި ގުޅިގެން އެމްއެންޑީއެފް ފަޔާ އެންޑް ރެސްކިއު ސާވިސް އިން ހަރަކާތްތެރިވާން ފަށާފައިވާ ކަމަށެވެ.

އެގޮތުން މިރޭ 6:36 ހާއިރު އެސްޓީއޯ ފުށް ގުދަން ސަރަހައްދުގައި ފެން ބޮޑުވުމާއި ގުޅިގެން ޕަމްޕު ބަހައްޓައިގެން ފެން ހިއްކުމުގެ މަސައްކަތް ކުރަމުންދާ ކަމަށްވެސް އެމްއެންޑީއެފުން ބުނެއެވެ.

Advertisement
Ooredoo — Truecaller (box)

މީގެއިތުރުން އެމްއެންޑީއެފުން އަންނަނީ ވެސްޓް ޕާކު ކައިރި، އައިޖީއެމްއެޗް ކައިރި އަދި ދުވާ ޓްރެކް ސަރަހައްދުގައި ވެސް ޕަމްޕު ބަހައްޓައިގެން ފެން ހިއްކުމުގެ މަސައްކަތް ކުރަމުންނެވެ.

މާލެ އަށް ބޯކޮށް ވާރޭވެހެމުން އަންނައިރު ރާއްޖޭގެ ބޮޑު ބަޔަކަށް މެޓް އޮފީހުން ވަނީ ޔެލޯ އެލާޓް ނެރެފައެވެ.

ރިއެކްޝަން

Advertisement
HDC — Sidebar (box)

ކޮމެންޓް