ޚަބަރު

ވިލިމާލޭ ޑިޓެންޝަންގައި ހައްޔަރުކޮށްފައި ތިބި ދެ މީހަކު ކޮވިޑަށް ފައްސިވެއްޖެ

ދެން އެމްވީ ، ދެން އޮންލައިން

ފުލުހުން ބަލަމުންދާ މައްސަލައަކާއި ގުޅިގެން، ވިލިމާލޭ ޑިޓެންޝަންގައި ހައްޔަރުކޮށްފައި ތިބި ދެ މީހަކު ކޮވިޑް-19 އަށްފައްސިވެއްޖެއެވެ.

Ads by MWSC

އޮންލައިން ނޫހެއް ކަމަށްވާ "ސަން" އިން ރިޕޯޓުކޮށްފައިވާ ގޮތުގައި ފައްސިވެފައިވަނީ ދެ ބިދޭސީންނެވެ.

އަދި ޑިޓެންޝަން ގައި ތިބި ދެމީހުން ފައްސިވިކަން އެޗްޕީއޭ އިން މިހާރު ވަނީ ފުލުހުންނަށް އަންގާފައެވެ. އަދި އެ ދެ މީހުންނާ ކޮންޓެކްޓްވި ފުލުހުން މިހާރު ތިބީ ކަރަންޓީނުކޮށްފައިކަމަށް ވެސް ސަން އިން ރިޕޯޓުކޮށްފައިވެއެވެ.

މާލޭގައި ކޮވިޑް19 ފެތުރެން ފެށުމާއެކު ފުލުހުން ހައްޔަރު ކުރާ މީހުން ފުރަތަމަ ގެންދެވެނީ ވިލިމާލެ ޑިޓެންޝަން ސެންޓަރަށެވެ. އަދި ކޮވިޑް ނެތް ކަން ޔަގީން ކުރުމަށް ފަހު ދޫނިދޫ އަށް ގެންދެއެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!