Wednesday, 28 October 2026
Advertisement
MWSC — SmartMeter (leaderboard)
ޚަބަރު

މަނަދޫ އިން ބަޔަކު ކެނދިކުޅުދޫއަށް ގެންދާތީ، އެރަށުގައި ކޮވިޑް ފެތުރިދާނެ ކަމަށްބުނެ މުޒާހަރާ ކުރަނީ

ނ. މަނަދޫ ޕޮލިސް ސްޓޭޝަނުގައި ހައްޔަރުކޮށްފައި ތިބި ދެ މީހަކު ބަންދުން ދޫކޮށްލައި، ކަރަންޓީނު ނުކޮށް އެއަތޮޅު ކެނދިކުޅުދުއަށް ގެންދަން އުޅޭތީ އެރަށު ރައްޔިތުން އިހްތިޖާޖު ކުރަމުން އެބަދެއެވެ.

މަޢުލޫމާތު ލިބިފައިވާ ގޮތުގައި ކެނދިކުޅުދުއަށް ގެންދަން އުޅެނީ މަސްތުވާތަކެތީގެ މައްސަލައެއްގައި ހައްޔަރުކޮށްފައި ތިބި އެރަށުގެ ދެ މީހެކެވެ.

ކެނދިކުޅުދޫ ކައުންސިލްގެ ރައީސް އަލީ ޝަމީމް މިރޭ އޮންލައިން ނޫހެއް ކަމަށްވާ "ސަން" އަށް ވިދާޅުވީ އެ ދެ މީހުން މާދަމާގެ ވަގުތެއްގައި އަނބުރާ އެރަށަށް ގެންދާނެ ކަމަށް މަނަދޫ ޕޮލިސްޓޭޝަނުން އަންގާފައިވާ ކަމަށެވެ.

Advertisement
Ooredoo — Truecaller (box)

ކޮވިޑަށް ޕޮޒިޓިވްވެފައިވާ އިތުރު ނުވަ މީހަކު މަނަދޫން ވަނީ ފެނިފައެވެ. އެރަށް އަދިވެސް އޮތީ މޮނިޓަރިންގެ ހާލަތުގައެވެ.

ކައުންސިލްގެ ރައީސް އެނޫހަށް މަޢުލޫމާތުދެމުން، ވިދާޅުވީ މަނަދޫއަކީ ކޮމިއުނިޓީ ސްޕްރެޑެއް އޮތް ރަށަކަށްވާތީ، އެ ހާލަތު އެހެން އޮއްވައި އެމީހުން އަނބުރާ އެރަށަށް ނުގެންދާނެ ކަމަށް ކުރިން މަނަދޫ ޕޮލިސްސްޓޭޝަނުން ބުނެފައިވާ ކަމަށެވެ. ނަމަވެސް އޭގެފަހުން އެމީހުން ގެންދަން ނިންމިކަން އެ ޕޮލިސްޓޭޝަނުން އެންގި ކަމަށް އޭނާ ވިދާޅުވިއެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް