ޚަބަރު

އެމްޑީޕީގެ ކެމްޕެއިނަށް ދައުލަތުގެ ވަސީލަތްތައް ބޭނުންކުރޭ: އިދިކޮޅު

ކުރިއަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ކެމްޕެއިނަށް ދައުލަތުގެ މުދަލާއި ވަސީލަތްތައް އެމްޑީޕީން ބޭނުންކުރާ ކަމަށް އިދިކޮޅު ކޯލިޝަންގައި ހިމެނޭ ޕީޕީއެމާއި ޕީއެންސީން ބުނެފިއެވެ.

އެ ދެ ޕާޓީން ރޭ ނެރުނު ނޫސްބަޔާނެއްގައި ވަނީ، އަންނަ އޭޕްރީލް މަހު އޮންނަ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާ ދިމާކޮށް، ސަރުކާރުން ރައްޔިތުންނަށް އޮޅުވައިލުމަށް ކުރަމުންދާ މަސައްކަތް ހުއްޓާލުމަށް ގޮވާލައިފަ އެވެ. އިންތިޚާބާ ދިމާކޮށް ރައްޔިތުންނަށް އޮޅުވައިލަމުން ދަނީ އިދިކޮޅުން ތުހުމަތު ކުރާ ގޮތުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް، އަދި އެމްޑީޕީގެ ރައީސް، ކުރީގެ ރައީސް މުހައްމަދު ނަޝީދު އިސްވެ ހުންނަވައިގެންނެވެ.

"މަޖިލީހުގެ ރައީސް އިސްވެ ހުންނަވައިގެން މި ހިންގާ ކަންތައްތައް އެއްގޮތަކަށް ވެސް މި ކޯލިޝަނުން ބަލައި ނުގަންނަ ވާހަކަ ދަންނަވަމެވެ، ވުމާ އެކު، ރައީސް ޔާމީން އަށް ތާއީދު ކުރައްވާ މި ކޯލިޝަންގެ މެމްބަރުންނާއި ދިވެހި ގައުއުމު ދެކެ ލޯބިވާ އެންމެހާ ރައްޔިތުންނަށް އެމްޑީޕީން ދައްކަމުންދާ ހުވަފެންތަކާއި ދަޅަތަކަށް ނުހެއްލުމަށް މި ކޯލިޝަނުން އިލްތިމާސް ކުރަމެވެ. އަދި މި ޕާޓީ އަށް ތާއީދު ކުރައްވާ ފަރާތްތަކުން މިފަދަ ކަންކަމުގައި ބައިވެރި ނުވުން އެދެން." ބަޔާނުގައި ވެ އެވެ.

އިދިކޮޅުން ބުނީ މިހާރު އޮތީ ނުފުއްދޭ ވައުދުތައް ވަމުންދާ ސަރުކާރެއް ކަން މިދިޔަ ދުވަސްތަކުގައި ވަރަށް ރަނގަޅަށް ހާމަވެފައިވާ ކަމަށެވެ. އަދި ސަރުކާރުން ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާ ދިމާކޮށް ރައްޔިތުންނަށް އަނެއްކާ ވެސް ގިނަ ހުވަފެންތަކެއް ދައްކަން މަސައްކަތް ކުރާ ކަމަށް ބުންޏެވެ.

"ވުމާ އެކު، ރައީސް ޔާމީން އަށް ތާއީދު ކުރައްވާ މި ކޯލިޝަންގެ މެމްބަރުންނާއި ދިވެހި ގައުއުމު ދެކެ ލޯބިވާ އެންމެހާ ރައްޔިތުންނަށް އެމްޑީޕީން ދައްކަމުންދާ ހުވަފެންތަކާއި ދަޅަތަކަށް ނުހެއްލުމަށް މި ކޯލިޝަނުން އިލްތިމާސް ކުރަމެވެ. އަދި މި ޕާޓީ އަށް ތާއީދު ކުރައްވާ ފަރާތްތަކުން މިފަދަ ކަންކަމުގައި ބައިވެރި ނުވުން އެދެމެވެ،" ބަޔާނުގައި ބުންޏެވެ.

އިދިކޮޅުން ޟބުނިގޮތުގައި، ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި ޕީޕީއެމްގެ ކެންޑިޑޭޓުންނަށް ވޯޓު ދީގެން ނޫނީ ގައުމު ވެއްޓިފައިވާ އަނދަވަޅުން ސަލާމަތެއް ނުކުރެވޭނެ އެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!