މުނިފޫހިފިލުވުން

ލަމް އަތުގައި އޮތް 20 އަހަރުވީ ހަރުވާޅެއް، އަދިވެސް ބޭނުންކުރޭ!

ދެން އެމްވީ ، ދެން އޮންލައިން

މަޝްހޫރު ލަވަކިޔުންތެރިޔާ އަދި ޕްރެޒެންޓަރު ލަމްހާ ލަތީފް ދާދިފަހުން މިވަނީ ބައިސްކޯފުން ގެނެސްދިން ޕްރޮގުރާމެއްގައި އޭނާގެ ތަފާތު ވާހަކައެއް ހިއްސާކޮއްފައެވެ.

Ads by Hajj Corporation

ބައިސްކޯފުން ގެނެސްދޭ "ލޮކްޑް އަޕް ވިތް" މި ޕްރޮގްރާމްގައި ވާހަކަ ދައްކަމުންލަމް ބުނަނީ 20 އަހަރުވީ ހަރުވާޅެއް މިހާރުވެސް އޭނާގެ އަތުގައި އޮންނަ ކަމަށާއި އެހަރުވާޅު މިހާރުވެސް ބޭނުންކުރާ ކަމަށެވެ.

ލަމް ބުނިގޮތުގައި އެ ހަރުވާޅު އެންމެ ފުރަތަމަ ބޭނުންކުރީ އޭނާގެ މަންމަ ކަމަށާއި އޭގެ ފަހުން އޭނާ އެ ހަރުވާޅު ބޭނުން ކުރަމުންދާތާ މިހާރު 10 އަހަރު ވެދާނެ ކަމަށެވެ

ލަމް ބުނީ 20 އަހަރަށް ވުރެ ގިނަ ދުވަސް ވެފައިވާ އެ ހަރުވާޅު މިހާރު ވެސް ލާ ކަމަށާއި ގިނައިން ބޭނުން ކުރަނީ ނަމާދުކުރަން ކަމަށެވެ.

ލަމް ބުނިގޮތުގައި އޭނާ ލައިކްވާ އެއްޗެއްނަމަ ވަރަށް ގިނަދުވަހު ގެންގުޅޭ ކަމަށާއި އެއެއްޗެއް އޭނާގެ އަތުގައި އޮންނާނެ ކަމަށެވެ.

ލަމް މިހާރު ބޮޑަށް ފެނިގެން ދަނީ ލަވަކިޔުމަށްވުރެ ބޮޑަށް ފިލްމީ ދާއިރާއިންނެވެ. އެގޮތުން ބައިސްކޯފުން ގެނެސްދެމުން އަންނަ ކޮމެޑީ ޝޯއެއް ކަމަށްވާ "ކަރުހަކުރު" ގައި ލީޑު ރޯލުން ފެނިގެން ދަނީ ލަމް އެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!