ޚަބަރު

ޗައިނާއިން ހުޅުމާލޭގައި އަޅައިދިން ލޭބަ ކުއާޓާގެ މަސައްކަތް ނިންމާލައިފި

ދެން އެމްވީ ، ދެން އޮންލައިން

ޗައިނާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ހަދައިދިން 800 މީހުންގެ ލޭބަ ކުއާޓާގެ މަސައްކަތް ނިންމާލައިފިއެވެ.

Ads by Sosun Fihaara

މިދިޔަ މަހުގެ 27 ވަނަ ދުވަހު ހަދަން ފެށި މި އިމާރާތުގެ މަސައްކަތް ނިންމައި އެޗްޑީސީއާ ހަވާލުކޮށްފައި ވަނީ އިއްޔެ އެވެ.

ޖުމްލަ 4،987.5 އަކަމީޓަރުގެ ސަރަހައްދެއްގައި ގާއިމްކޮށްފައިވާ 2،443 އަކަމީޓަރުގެ މި ފެސިލިޓީ ގާއިމު ކުރުމުގެ ޕްރޮޖެކްޓުގެ ދަށުން ސީއެސްސީއީސީއިން ވަނީ ހަތަރު ފެބްރިކޭޓެޑް ސްޓީލް ސްޓްރަކްޗާ ގާއިމް ކޮށްދީ، ބަދިގެ އަށް ހާއްސަ ބްލޮކަކާއި ފާހާނާ ބަރިއެއްވެސް ގާއިމް ކޮށްފައެވެ.

މި ތަން ހަދައި ނިންމާފައި ވަނީ އެންމެ 22 ދުވަހުންނެވެ. މި މަސައްކަތުގައިޗައިނާ ސްޓޭޓް ކޮންސްޓްރަކްޝަން ކުންފުނި (ސީއެސްސީއީސީ) ގެ 200 އަށް ވުރެ ގިނަ މަސައްކަތެރިން 24 ގަޑިއިރު މަސައްކަތްކޮށްފައިވެ އެވެ.

މި ފެސިލިޓީ ހެދުމަށް މުވައްޒަފުންނާއި ވަސީލަތާއި ސާމާނާ އެކު، އެ ކަމަށް 280،000 ޑޮލަރު (4.3 މިލިއަން ރުފިޔާ) ގެ އެހީތެރިކަން ފޯރުކޮށް ދީފައިވާނެ ކަމަށް އަންޒާދާ ކުރެވޭ ކަމަށް ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޖަންގް ލިޖޮންގް ވަނީ ވިދާޅުވެފައެވެ.

ކޮވިޑް-19 އާ ގުޅިގެން ރާއްޖެއަށް މި ވަގުތަށް ބޭނުންވާ މުހިންމު ގިނަ އެހީތަކެއް ޗައިނާއިން ދީފައިވެ އެވެ. މީގެތެރޭގައި ސިއްހީ ހިދުމަތްތެރިން ބޭނުންކުރާ އާލާތްތައް ވެސް ހިމެނެ އެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!