މަހިބަދޫގައި ހިނގި އެކްސިޑެންގައި އަނިޔާވި މީހެއްގެ ހާލު ސީރިއަސްވެ މާލެ ގެންނަނީ
އދ. މަހިބަދޫގައި ހިނގި އެކްސިޑެންގައި އަނިޔާވި މީހެއްގެ ހާލު ސީރިއަސްވެ މާލެ ގެންނައުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުން ބުނީ މަހިބަދޫގައި ދެ ސައިކަލު ޖެހި އެކްސިޑެންޓު ވެފައިވާ ކަމުގެ މައުލޫމާތު މިއަދު 11.25 ހާއިރު ފުލުހުން ހުށަހެޅިފައިވާ ކަމަށެވެ.
މި އެކްސިޑެންޓުގައި އެއް ސައިކަލު ދުއްވި 28 އަހަރުގެ ދިވެހި ފިރިހެނަކާއި އަނެއް ސައިކަލުގެ ފަހަތުގައި އިން 54 އަހަރުގެ ދިވެހި ފިރިހެނަކަށް އަނިޔާވެ ހޮސްޕިޓަލުގައި ފަރުވާދެމުން ދާ ކަމަށް ފުލުހުން ބުނެއެވެ.
މީގެ ތެރެއިން 54 އަހަރުގެ މީހާ އަށް ސީރިއަސް އަނިޔާތަކެއް ލިބިފައިވާތީ އިތުރު ފަރުވާއަށް މާލެ ގެނައުމުގެ މަސައްކަތް ކުރަމުންދާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށް ވެސް ފުލުހުން ހުނެއެވެ.
ފުލުހުން ބުނީ އެކްސިޑެންޓު ހިނގިއިރު، އެއް ސައިކަލު ދުއްވަން އިން 28 އަހަރުގެ މީހާއަކީ އެ ކެޓަގެރީގެ އެއްގަމު އުޅަނޑު ދުއްވުމުގެ ސައިލެންސް ނޯއްނަ މީހެއް ކަމަށާއި އަނެއް ސައިލަކު ދުއްވަން އިން 48 އަހަރުގެ މީހާގެ ލައިސެންސް އޮތް ކަމަށެވެ.
މި އެކްސިޑެންޓު ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.