ޚަބަރު

ކޯވިޑް-19: ޢަބްދުﷲ އަޙްމަދު ފައުންޑޭޝަނުން އައްޑޫސިޓީގެ ދެ ރަށަކަށް އެހީވެއްޖެ

ދެން އެމްވީ ، ދެން އޮންލައިން

ކޯވިޑް19 އާއި ގުޅިގެން ރާއްޖޭގެ ގިނަ ރަށްރަށުގައި އެކަށީގެންވާ ވަރަށް ވަސީލަތްތައް ނެތް މި ދަނޑިވަޅުގައި އަލްމަރުޙޫމް ޢަބްދުﷲ އަޙްމަދު ފައުންޑޭޝަންގެ ފަރާތުން އައްޑޫ ސިޓީގެ ދެރަށަކަށް އެހީތެރިވެއްޖެއެވެ.

Ads by MWSC

އައްްޑޫސިޓީގެ ހުޅުދޫ އަދި މަރަދޫއަށް ފައުންޑޭޝަންގެ ފަރާތުން ހަދިޔާކޮށްފައިވަނީ، ކޮންމެ ރަށަކަށް 500 މާސްކް، 30 ސެނިޓައިޒަރ ފުޅީގެ އިތުރުން 200 އަންގި ޖޯޑެވެ. މި ތަކެތި އެ ރަށްރަށަށް ހަވާލުކުރުމަށްފަހު އެ ފައުންޑޭޝަންގެ ފަރާތުން އާމިނަތު ޝަހުދާ ވިދާޅުވީ، މިގޮތަށް އެހީވުމުގެ މަގުސަދަކީ، ކޮވިޑް19 އާއި ގުޅިގެން ރަށްފުށުގެ ރައްޔިތުންނަށް ޚާއްސަކޮށް އައްޑޫ އަދި ފުވައްމުލަކު ރައްޔިތުންނަށް އެހީވުން ކަމަށެެވެ.

ފައުންޑޭޝަނާއި ގުޅޭގޮތުން މައުލޫމާތު ދެއްވަމުން ޝަހުދާ ވިދާޅުވީ، މިއީ ބައްޕަ އަލްމަރުހޫމް ޢަބްދުﷲ އަޙަމަދުގެ ހނަދާނުގައި އެކި ގޮތްގޮތުން ބޭނުންޖެހިފައިވާ ފަރާތްތަކަށް އެހީވުމަށާއި، އިޖުތިމާޢީ ޚިދުމަތްކުރުމަށް އުފައްދާފައިވާ ފައުންޑޭޝަނެއް ކަމަށެވެ.

"ކުރިޔަށް އޮތްތަނުގައި އެ ދެ ސިޓީއަށް އެކި ގޮތްގޮތުން އެހީތެރިވުމަށް މަސައްކަތް ކުރަމުން މިދަނީ" ޝަހުދާ ވިދާޅުވިއެވެ.


އައްޑޫސިޓީގެ ހުޅުދޫ މޫނިމާގެއާއި ފުވައްމުލައް ސިޓީގެ މަލަތުގެދަރު ގެޔަށް ނިސްބަތްވާ އަލްމަރުހޫމް ޢަބްދުﷲ ދީދީގެ ފައުންޑޭޝަނުން ވަނީ މީގެ ކުރިންވެސް އައްޑޫސިޓީއަށް އެހީތެރިކަން ފޯރުކޮށްދީފައެވެ. އެގޮތުން ފާއިތުވި ހަފުތާގައި ކުރި ވިއްސާރައިގައި، އައްޑޫ ސިޓީއަށް ކުރި ވިއްސާރައިގައި އެ ސިޓީގެ ރަށްތަކަށް ލިބުނު ގެއްލުންތަކަށް އެހީވުމުގެ ގޮތުން ވަނީ އެއްލައްކަ ދިވެހި ރުފިޔާގެ އެހީއެއް ސިޓީކައުންސިލަށް ހަދިޔާކޮށްފައެވެ.

ކޯވިޑް19 އާއި ގުޅިގެން ރާއްޖޭގެ ގިނަ ރައްޔިތުންނަށް ވަނީ ވަރަށް ބޮޑެތި ގެއްލުންތަކަކާއި ކުރިމަތިލާން ޖެހިފައެވެ. އެގޮތުން އެތައް ބައެއްގެ ވަޒީފާ ގެއްލި ބައެއް ފަރާތްތަކަށް މުސާރަވެސް ނުލިބެއެވެ. ކުދި ވިޔަފާރިތައް ހުއްޓި ބޮޑެތި ވިޔަފާރިތަކުންވެސް ވަނީ މި ކަންކަމުން އަރައިގަތުމަށް ހަރަދުތައް ކުޑަކުރުމުގެ ގޮތުން ފިޔަވަޅުތަކެއް އަޅާފައެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!