އިތުރު 37 މީހަކު ކޮވިޑަށް ފައްސި ވެއްޖެ
އިތުރު 37 މީހަކު ކޮވިޑް-19 އަށް ފައްސި ވެއްޖެއެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ(އެޗްޕީއޭ) އިން ބުނީ ފައްސިވެފައިވާ 37 މީހުންގެ ތެރޭގައި ހިމެނެނީ ބަންގްލްދޭޝްގެ 19 މީހުންނާއި 15 ދިވެހިންނާއި ތިން އިންޑިއާ މީހުން ކަމަށެވެ.
މި 37 މީހުންނާއެކު ރާއްޖެއިން ކޮވިޑް ޖެހުނު މީހުންގެ ޖުމްލަ އަދަދު މިހާރު ވަނީ 1143 އަށް އަރާފައެވެ. މި މީހުންގެ ތެރޭގައި ހިމެނެނީ 414 ދިވެހިންނާއި، 729 ބިދޭސީންނެވެ.
ރާއްޖެއިން ފައްސިވި މީހުންގެ ތެރެއިން 80 މީހަކު ބަލިން ރަނގަޅުވެ، ހަތަރު މީހަކު ވަނީ މަރުވެފައެވެ. އަދި 13 މީހަކު ވަނީ ހޮސްޕިޓަލުގައި އެޑްމިޓްކޮށްފައެވެ.
Ads by Allied Insurance