ޚަބަރު

އަމީރު އަހުމަދު މަގުގެ ސަރަހައްދެއްގައި ދެކޮޅަށް ދުއްވޭ ގޮތް ހަދައިފި

ރައުފާ ރަޝީދު ، ދެން އޮންލައިން

މާލޭގެ އަމީރު އަހުމަދު މަގުގެ ބައެއްގައި ދެކޮޅަށް ދުއްވޭ ގޮތަށް މާލޭގެ ޓްރެފިކް ފްލޯއަށް ބަދަލު ގެނެސްފިއެވެ.

Ads by Sosun Fihaara

މާލޭ ސިޓީ ކައުންސިލުން ރޭ ކުރި އިއުލާނެއްގައި ވިދާޅުވީ މާލޭ ސިޓީގެ މާލޭގެ މަގުތަކުގެ ޓްރެފިކަށް ގެންނަ ބަދަލެއްގެ ގޮތުން އަމީރު އަހުމަދު މަގުގެ ބައެއްގައި ދެކޮޅަށް ދުއްވޭ ގޮތައް ހަމަޖައްސާފައިވާ ކަމަށެވެ.

މަރާމާތަށް ފަހު، 2018 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައި އަމީރު އަހުމަދު މަގު ހުޅުވާލީ އެއްކޮޅަށް ދުއްވާ މަގެއްގެ ގޮތުގައެވެ. އަދި އޭރުއްސުރެ އެ މަގު ބޭނުންކުރަމުން އައި ހަމައެކަނި އެއްކޮޅަށް ދުއްވޭ މަގެއްގެ ގޮތުގައެވެ.

ޝަހީދު އާދަމް ނަސީރު ހިނގުމަކީ ޑިފެންސް މިނިސްޓްރީގެ އިރުމަތީގައި އޮންނަ މަގެވެ. ޖުމްހޫރީ ހިނގުމަކީ ޝަހީދު ހުސައިން އާދަމް ބިލްޑިންގްގެ ހުޅަނގުން ޖުމްހޫރީ މައިދާނާއި ދެމެދު އޮންނަ މަގެވެ.

ސިޓީ ކައުންސިލުން މީގެ ކުރިން ވެސް ވަނީ މާލޭގެ ޓްރެފިކް ފްލޯއަށް ބަދަލުތަކެއް ގެނެސްފައެވެ. އެގޮތުން ބައެއް މަގުތައް އެއްކޮޅަށް ދުއްވޭ ގޮތަށް ބަދަލު ކުރިއިރު އަނެއް ބައި މަގުތައް ވަނީ ދެކޮޅަށް ދުއްވޭ ގޮތަށް ބަދަލު ކޮށްފައެވެ.

އަލަށް ޓްރެފިކަށް ގެނައި ބަދަލާއެކު ޝަހީދު ހުސައިން އާދަމް ބިލްޑިންގުން ފެށިގެން ޑިފެންސް މިނިސްޓްރީއާ ހަމައަށް ދެކޮޅަށް ވެހިކަލް ދުއްވޭނެއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!