ރެސިޕީ: ޗޫރޯސް
ބޭނުންވާ ތަކެތި:
250ގ ބަޓަރ
250ގ ފުއް
6 ބިސް
225 އެމް.އެލް ފެން
½ ސައިސަމުސާ ލޮނު
ތެޔޮ (ތެލުލެވޭވަރު)
މުގުރި ފޮނިތޮށި(3 ސަމްސާ)
ހަކުރު ( 3 ސަމްސާ)
ތައްޔާރުކުރާނެ ގޮތް:
ތެއްޔަކަށް ފެން އަޅާފައި ކައްކަން އުދާލާށެވެ. ފެން ކެކިގަތުމުން ބަޓަރކޮޅު އަޅާފައި ދިޔާކޮށްލާށެވެ. ދެން ފުށް އަޅާފާ ރަނގަޅަށް އެއްކޮށްލުމަށްފަހު އުނދުންމަތިން ބާލާށެވެ. ކުޑަކޮށް ހިހޫވީމާ ބިސް ގިރާފައި އަޅާފައި ރަނގަޅަށް އެއްކޮށްލާށެވެ. ތަވާއުނދުން މައްޗަށް އުދާލާފައި ތެޔޮ އަޅާފައި ކެކިގަނތުމުން އައިސިން ބޭގަކަށް (ތަރި ނޮޒެލްއެއްހުރި) ފުއްކޮޅުއަޅާލާށެވެ. ތެޔޮ ތާހަކާއި ދިމާކޮށްފައި ފިއްތާފައި 2 އިންޗީގެ ދިގުމިނަށް އަޅާފައި ބަޓާރ ވަޅިއަކުން ކަނޑާލާށެވެ.
ތެލުލެވުނީމާ ނަގާފައި ހޫނުކޮށް ހުއްޓާ ހަކުރު އަދި ފޮނިތޮށި ރަނގަޅަށް އުނގުޅާލާށެވެ.