ލައިފްސްޓައިލް

ރެސިޕީ: ޗިކަން ފަޖީތާ ޕާސްތާ

ދެން އެމްވީ ، ދެން އޮންލައިން

ބޭނުންވާ ތަކެތި

Ads by STELCO

3 ބެލް ޕްޕާރ (ރަތް، ދޮން އަދި ފެހި ކުލަ)

1 ފިޔާ (ބޮޑެތިކޮށް ކޮށާފަ)

1 ލޮނުމެދު (ކޮށާފަ)

1 ޖޯޑު ކުކުޅު މަސް (ކޮށާފަ)

1 ތަށި ޕާސްތާ

5 ޖޯޑު ކިރު

1 ސމ ދިރި، އަސޭމިރުސް، ލޮނު

1 ސމ ތެޅި މިރުސް

½ ސމ އަސޭމިރުސް

ކުޑަ ތެޔޮ ފޮދެއް

ހަދާނެގޮތް

ފުރަތަމަ ކުޑަ ތެޔޮކޮޅެއްގައި ކުކުޅު މަސްކޮޅު ރަނގަޅަށް ރޯފިލަންދެން ތެލުލާށެވެ. އެއަށްފަހު މަސްކޮޅު ތަވާ ތެރެއިން ނަގާ ތެޔޮގަނޑު ތެރެއަށް ބެލް ޕެޕާރ، ފިޔާ ކޮޅުއަޅާ ކުޑަކޮށް މޯޅިވުމުން ތެލުލި ކުޅުޅު ކޮޅު އަޅާ އެއްކޮށްލާށެވެ. އެއަށްފަހު ލޮނުމެދު، އަސޭމިރުސް، ދިރި، ލޮނު އަދި އަސޭމިރުސް އަޅާ އެއްކޮށްލާށެވެ. 2 މިނެޓް ކައްކާލުމަށްފަހު އޭގެތެރެއަށް ކިރު އަޅާށެވެ. އަދި ޕާސްތާކޮޅުއަޅާ އެއްކޮށް ޕާސްތާކޮޅު މަޑު ވަންދެން ކައްކާލުމުން ޗިކަން ފަޖީތާ ޕާސްތާ ތައްޔާރުކޮށް ނިމުނީ އެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!