ވެކްސިން ޖެހޭނީ އާބާދީގެ އެންމެންނަކަށް ނޫން: ޑރ. ނަޒްލާ
ކޮވިޑް-19 އިން ރައްކާތެރި ވުމަށް ވެކްސިން ޖެހޭނީ ރާއްޖޭގެ އާބާދީގެ އެންމެންނަށް ނޫން ކަމަށާއި، ވެކްސިން ޖަހާނީ އެވެކްސިނަށް އެލިޖިބަލް މީހުންނަށް އެކަނި ކަމަށް ހެލްތު އެމަޖެންސީ އޮޕަރޭޝަންސް ސެންޓާރ (އެޗްއީއޯސީ) ގެ ތަރުޖަމާނު) ޑރ. ނަޒްލާ ރަފީޤް ވިދާޅުވެއްޖެއެވެ.
އެސެންޓަރުގެ ފަރާތުން މިހާރު ކުރިއަށްގެންދާ ނޫށްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ޑރ. ނަޒްލާ ވިދާޅުވީ ވެކްސިންދޭން ޓްރައިލްސްތަކުގައި ބައެއް ގްރޫޕްތައް ނުހިމެނޭ ކަމަށެވެ. ޚާއްސަކޮށް ކޫޑަކުދިންނާއި ބައެއް ކަހަލަ ބަލިބަލި ހުންނަ މީހުން ނުހިމެނޭ ކަމަށް ޑރ. ނަޒްލާ ވިދާޅުވިއެވެ.
"ވެކްސިން އައުމުން ވެސް ވެކްސިން ޖެހޭނީ އެވެކްސިން ޓްރައިލްގައި ބައިވެރިވެފަ ހުރި ގްރޫޕްތަކުގެ ފަރާތްތަކަށް. އެހެންވީމަ މުޅި އާބާދީގެ އެންމެންނެއް ނޫން. ރައީސް (އިބްރާހިމް މުޙައްމަދު ޞާލިޙު) ވިދާޅުވި އެއްޗެއްގެ މާނައަކީ ހަގީގަތުގައި އާބާދީގެ ތެރެއިން ވެކްސިން ޖަހަން އެލިޖިބަލް ވާނެ ނުވަތަ ވެކްސިން ޖެހޭނެ އެންމެންނަށް ވެކްސިން ޖެހުން" ޑރ. ނަޒްލާ ވިދާޅުވިއެވެ.
ޑރ. ނަޒްލާ ވިދާޅުވީ ކޮވެކްސް ފެސިލިޓީގެ ބޭރުން ވެސް ވެކްސިން ގަތުމަށް ސަރުކާރުން މަސައްކަތް ކުރަމުންދާ ކަމަށެވެ.
"މިކަމަށް ހިނގާނެ ޚަރަދު ނުވަތަ އެކަމަށް ކުރަންޖެހޭ ހޭދަ ކުރުމަށް ސަރުކާރުން ހުރީ ތައްޔާރަށް. މީގަ ދައްޗަކަށް ކުރިމަތިވާ ކަމަކީ، ހުރިހާ ޤައުމުތަކަށް ވެސް އުފެއްދިފައި ހުރީ މަދު ވެކްސިންތަކެއް. މިވެކްސިންކޮޅު ހުރިހާ އެންމެން ވެސް ބޭނުންވަނީ. އެހެންވީމަ ވެކްސިން ސަޕްލައިގައި މައްސަލަތަކެއް އުޅޭނެ ކަމަށް އަޅުގަނޑުމެންނަށް ބެލެވެނީ" ޑރ. ނަޒްލާ ވިދާޅުވިއެވެ.
ބިދީސީނަށ ތިޔ އެއްޗެއ ނުދީނުވާނ
ތިހެން ވީރު ތި “އެލިޖިބަލް” ވާނީ ހަމަ އެކަނި ރާއްޖޭގެ މަތީ މަޤާމުތަކުގެ ވެރިންނަށް އެކަނި