ލައިފްސްޓައިލް

މުއާ އަށް އައްޒަ އާ އިނދެވުނު ތާރީޚް އޮޅިއްޖެ

ދެން އެމްވީ ، ދެން އޮންލައިން

ދިވެހި ފިލްމީ ޖޯޑުތަކުގެ ތެރެއިން މުއާ އާ އައްޒަ އަކީ ގުނާލެވޭ ޖޯޑެކެވެ. އަދި ގިނަ ބައެއްގެ ލޯބި ލިިބިފައިވާ ޖޯޑެއް ވެސް މެއެވެ،

Ads by MWSC

ގިނަ ދުވަސްތަކެއް ވަންދެން ލޯބީގެ ގޮތުން ގުޅިގެން އުޅުމަށް ފަހު މި ދެތަރިން ކައިވެނި ކޮށްފައިވަނީ މިއަހަރު އައި އެންމެ ރީތި އެއް ތާރީހު ކަމަށް ވާ 20 ފެބްރުއަރީ 2020 ގައެވެ.

އިއްޔެ މި ދެތަރިން ގެ ކައިވެންޏަށް ތިން މަސް ފުރުން ފާހަގަކޮށްފައިވާއިރު، ކިތަންމެ ރީތި ތާރީހެއްގައި އިން ކަމުގައި ވިޔަސް މުއާ އަށް ވަނީ ކައިވެނި ކުރި ތާރީހު އޮޅިފައެވެ. އެގޮތުން އިންސްޓަގްރާމް ސްޓޯރީއަށް މުއާ އައްޒައަށް ތަހުނިޔާ ފޮނުވަމުން ލިޔެފައިވަނީ އުފާވެރި 4 މަސް ކަމަށެވެ. ނަމަވެސް ގިނަ އިރެއް ނުވެ މުއާ ވަނީ މި ސްޓޯރީ ޑިލިޓް ކޮށް 3 މަހުގެ ތަހުނިޔާ ފޮނުވާ ސްޓޯރީ އަޕްލޯޑް ކޮށްފައެވެ.

ނަމަވެސް މި ސްޓޯރީގެ ސްކްރީންޝޮޓްތައް ދަނީ މީސް މީޑިއާގައި ދައުރުވަމުންނެވެ.


މުއާ އާއި އައްޒަ ލޯބީގެ ގޮތުން ގުޅިގެން އުޅޭކަމަށް އެންމެ ފުރަތަމަ އަޑުތައް ފެތުރުނީ 2018 ވަނަ އަހަރުގެ ކުރީކޮޅުގައި މުއާ ޑައިރެކްޓްކޮށް އައްޒަ ލީޑު ރޯލުން ފެނިގެންދިޔަ ފިލްމު "ލީނާ"ގެ ޝޫޓިން ތެރެއިންނެވެ. ދެ އަހަރު ލޯބީގެ ގޮތުން ގުޅިގެން އުޅުމަށް ފަހު މި ތަރިން ކައިވެނި ކުރީ 20.02.2020 ގައެވެ. ދެތަރިން ކައިވެނިކުރީ ހުޅުމާލޭގައި ހުންނަ ބްރެޑްމެޓާސް ގްރީން ރެސްޓޯރެންޓުގައި ބޭއްވި ކުލަގަދަ ހަފްލާއެއްގަ އެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!