މުނިފޫހިފިލުވުން

މުޅި މީސްމީޑިޔާގައި އާޝާ ހަލްކް ގޮތަށް ރުޅި އަންނަ ވާހަކަ

ދެން އެމްވީ ، ދެން އޮންލައިން

ޓިކްޓޮކް އިން ދިވެހިންގެ ތެރޭގައި މަގުބޫލުކަން ހޯދި ދިވެހި ފަންނާނެ ކަމަށް ވާ އައިމިނަތު ރަޝްފާ (އާޝާ) ހަލްކް ގޮތަށް ރުޅި އަންނަ ކަމަށް ބުނުމުން މުޅި މީސްމީޑިއާ ގައި އެވާހަކަދެކެވި ބޮޑު މީމް އަކަށް ވެއްޖެއެވެ.

Ads by STELCO

އާޝާ މިހެން ބުނެފައިވަނީ ބައިސްކޯފް އިން ގެނެސްދޭ ލޮކްޑް އަޕް ޝޯވ ގައެވެ.

އާޝާ ބުނި ގޮތުގައި ސުޕަރ ހީރޯ އަކާ ބައްދަލުކޮށްލަން ފުރުސަތު ލިބިއްޖެނަމަ އޭނާ ބައްދަލުކުރަން ބޭނުންވަނީ ހަލްކް އާއެވެ، އެއީި ހަލްކް ބޮޑުވެފައި، އޭނާ ގޮތަށް ރުޅި ގަދަވުމުން ކަމުގައި އޭނާ ބުނެފައިވެއެވެ.

އާޝާ މިހެން ބުނުމާއެކު ގިނަ ބަޔަކު އަންނަނީ މިވާހަކަ މީސް މީޑިއާގައި ދައްކަމުންނެވެ. އަދި މިކަމާއި ގުޅުވައިގެން ތަފާތު އެކި ޕޭޖުތައް އެކި އެކި މީމް ތައްވެސް ދަނީ އާންމު ކުރަމުންނެވެ.

ޓިކްޓޮކުން މަޝްހޫރުވެގެން ދިޔަ އާޝާ އެންމެ ފުރަތަމަ ފެނިގެން ގޮސްފައިވަނީ ދިވެހި ފިލްމް ގޮށްރާޅުންނެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!